މަޖިލިސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މިމަހު 30 ގައި ހުޅުވާލަނީ

މަޖިލިސް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު މިމަހު 30 ގައި ހުޅުވާލަނީ

Author
ހުސެއިން
11 ޖެނުއަރީ 2024 11:27
0

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ގައި ވާދަކުރައްވާ ކެންޑިޑޭޓުންނަށް، ފުރުސަތު ހުޅުވާލަން އިލެކްޝަންސް ކޮމިޝަނުން މިމަހު 30 ގައި ހުޅުވާލާނެ އެކޮމިޝަނުން ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މަޖިލިސް އިންތިޚާބަށް ކުރިމަތިކުމަށް ތާވަލް ކޮށްފައިވަނީ، 2024 ޖެނުއަރީ 30 ން ފެބުރުއަރީ 14 ގެ ނިޔަލަށް ކަމަށެވެ.

ކުރިޔަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ހަފްތާގައި ބޭއްވުމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ ނިންމާފައެވެ.

އީސީން ނެރުނު ނޫސްބަޔާނުގައި ވިދާޅުވެފައިވަނީ ކުރިޔަށް އޮތް މަޖިލިސް އިންތިހާބު ބާއްވާނެ ދުވަހެއް ކަނޑަނޭޅި ލަސްވެފައިވަނީ މިއަހަރުގެ ރޯދަމަހާއި ދިމާވާތީ އިދާރީ ބޮޑެތި ހުރަސްތަކެއް ހުރުމުންނެވެ.

އެގޮތުން އީސީން ނެރުނު ބަޔާނުގައި ވަނީ މިއަހަރު ކުރިޔަށް އޮތް މަޖިލިސް އިންތިޚާބު، 1445 ވަނަ އަހަރުގެ ރަމަޟާން މަހާއި ދިމާވާތީއާއި ރަމްޟާން މަހުގެ ފަހުގެ ތާރީހެއްގައި ބޭއްވުމަށް އިދާރީ ބޮޑެތި ހުރަސްތަކެއް ހުރުމާއި، ތައުލީމާ ބެހޭ ވުޒާރާއިން އިސްލާހުކޮށް އާންމު ކޮށްފައިވާ ދިރާސީ ކަލަންޑަރުގައިވާ ގޮތުން އީދު ބަންދަށްފަހު، ފެށޭ ހަފްތާއަކީ ސްކޫލްތަކުގެ އިމްތިހާނު ދުވަސްތަކަށްވާތީ، ސްކޫލްތައް ލިބުން ދަތިވެ ވޯޓުލާ މަރުކަޒުތައް ގާއިމު ކުރުމަށްޓަކައި ކޮމިޝަނުން އެކަށީގެންވާ ތަންތަން ނުލިބޭނެ ކަމަށް ލަފާ ވާތީ އަންނަ މާރޗްމަހުގެ 17 ވަނަ ދުވަހު އެ އިންތިޚާބު ބޭއްވުމަށް ނިންމީ ކަމުގައެވެ.

އެގޮތުން ރަމަޟާން މަހުގެ ފަހު 10 ގެ ދުވަސްތަކަކީ ސަރުކާރު ބަންދު ދުވަސްތަކެއްގެ ގޮތުގައި މި ސަރުކާރުން ކަނޑައަޅުއްވާފައިވާތީ ސަރުކާރުގެ ވުޒާރާތަކާއި ދައުލަތުގެ މުއައްސަސާތަކުގެ އެހީތެރިކަމާއި އެއްބާރުލުމާއެކު ކުރަން ޖެހޭ މަސައްކަތްތައް ކުރުމުގައި ދަތިތަކެއް ދިމާވާނެ ބެލެވުމަކީވެސް ރޯދަ މަހުގެ ފުރަތަމަ ހަފްތާގައި އިންތިޚާބު ބޭއްވުމަށް ނިންމި ސަބަބެއްގެ ގޮތުގައި އީސީން ފާހަގަ ކޮށްފައި ވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.