މެޓް އޮފީހުން ބުނެފައިވަނީ ރާއްޖެ ކައިރީގައި ކޮޅިގަނޑެއް އުފެދި، ކުރިއަށް އޮތް ތިން ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަ ކުރާނެ ކަމަށް ލަފާކުރާކަމަށެވެ.
މެޓް އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، މިއީ ރާއްޖޭގެ އިރުމަތީގައި އުފެދިފައިވާ ކޮޅިގަނޑު ރާއްޖެ ހުރަސްކޮށް އަރަބިކަނޑަށް ޖެހެމުންދާ ކޮޅިގަޑެއް ކަމުގައެވެ. އޭގެ ނަތީޖާއެއްގެގޮތުން ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކިހިސާބަށް ވިއްސާރަކޮށް، ވައިގަދަވެ، ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭ ކަމަށް މެޓުން ވަނީ ވިދާޅުވެފައެވެ.
މިއަދު ހަވީރުންފެށިގެން މާލެއަށް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ.
އެމްއެންޑީއެފް އިން ވިދާޅުވީ، މާލެއަށް ބޯކޮށް ވާރޭވެހޭތީ ފެން ހިންދުމުގެ މަސައްކަތް އެމްއެެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާވިސް އިން ފަށާފައިވާ ކަމަށެވެ.
މެޓް އޮފީހުން މެޓް އޮފީހުން ވަނ ކ. އަތޮޅުން ފެށިގެން ދ. އަތޮޅުގެ ރަށްތަކާއި ހަމައަށް ރީނދޫ ސަމާލުވެސް ނެރެފައެވެ.
ކޮމެންޓު ފޮނުވާ