ޖުވެނައިލް ކޯޓުގެ ވެބްސައިޓް ހެކްކޮށް، ސަރުކާރަށް އިންޒާރު ދީފި

ޖުވެނައިލް ކޯޓުގެ ވެބްސައިޓް ހެކްކޮށް، ސަރުކާރަށް އިންޒާރު ދީފި

Author
ހުސެއިން
10 ޖެނުއަރީ 2024 11:26
0

ޖުވެނައިލް ކޯޓުގެ ވެބްސައިޓް ހެކްކޮށް، ސަރުކާރަށް އިންޒާރު ދީފިއެވެ.

ޖުވެނައިލް ކޯޓުގެ ވެބްސައިޓް ހެކްކުރުމަށްފަހު ލިޔެފައިވާ މެސެޖުގައި ބުނެފައިވަނީ ވެބް ސައިޓް ހެކްކުރީ، ދިވެހި ސަރުކާރުގެ ބައެއް އޮފިޝަލުން ދާދިފަހުން ދެއްކެވި ހަރުކަށި އަދި ހަޑިހުތުރު ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން ކަމުގައެވެ.

އެގޮތުން މަލްޝާ، ހަސަން ޒިހާން އަދި މަރިޔަމް ޝިއުނާ ފަދަ ބޭފުޅުން ގެ ނުކިޔަމަންތެރި އަދި ނަސްލީ ވާހަކަތަކަކީ ލަދުވެތި ކަމުގެ އިތުރުން ދެ ގައުމުގެ ޑިޕްލޮމެޓިކް ގުޅުމަށް ވެސް ގެއްލުންހުރި ވާހަކަތަކެެއް ކަމަށް އެ މެސެޖުގައި ބުނެފައި ވެއެވެ.

އަޅުގަނޑުމެންގެ ފަރާތުން ތިޔަބޭފުޅުންގެ ޤައުމަށް ލިބިފައިވާ ތާރީޚީ އެހީތެރިކަމާއި އެއްބާރުލެއްވުން ހަނދާންކޮށްދިނުމަކީ ވަރަށް މުހިންމު ކަމެއް. އަޅުގަނޑުމެންގެ ޘަޤާފަތާ މެދު އިހާނެތިކޮށް ދައްކާ ވާހަކަތަކާއި، ކުރީގެ އެހީއާއި އެއްބާރުލުމާ ބެހޭގޮތުން ފެންނަން ހުރި ކަންކަން ހަނދާންނެތުމަކީ ވަރަށް ބޮޑަށް މާޔޫސްކުރުވަނިވި ވާހަކަތަކެއް. މުޙައްމަދު މުޢިއްޒު އާއި ޝިއުނާ ފަދަ ލީޑަރުންނާއެކު ތިޔަބޭފުޅުންގެ ސަރުކާރުގެ މިހާރުގެ ޙާލަތު ދައްކުވައިދެނީ، ތިޔަބޭފުޅުންގެ ޤައުމަށް އޮތް ނިކަމެތިކަން. މިއީ އިންޒާރެއް ކަމަށް ދެކޭތި. އެފަދަ ނަފްރަތު އުފެދޭ ވާހަކަތަކާއި ނަސްލީ ތަފާތުކުރުންދެމެހެއްޓުން ބަލައިނުގަންނާނަން.

މެސެޖުގައި ލިޔެފައި ވެއެވެ.

ޖުވެނައިލް ކޯޓުގެ ވެބްސައިޓް ހެކްކުރުމަށް ފަހު ލިޔެފައިވާ މެސެޖުގައި އިތުރަށް ބުނެފައިވަނީ ސައިބަރ ސްޕޭސްއަށް ވަރަށް ބޮޑަށް އަސަރުކޮށްފާނެ ފަދަ ފިޔަވަޅުތައް އެޅުމުގެ ޤާބިލުކަން އެމީހުންގެ (ހެކްކުރި މީހުންގެ) އެބައޮތް ކަމުގައެވެ.

ތިޔަބޭފުޅުންގެ މަސްލަހަތު އޮތް ގޮތަކީ، މިހާރުން މިހާރަށް އެކަންކަމަށް މި ހިތްވަރު ދިނުން ހުއްޓާލައި، އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ނަތީޖާތަކާމެދު ވިސްނައިލުން. ޤައުމުތަކުގެ މެދުގައި އުފެދިފައިވާ ޚިޔާލު ތަފާތުވުންތަކަށް ބިނާކުރަނިވި އަދި ޞުލްޙަވެރި ޙައްލެއް ގެނައުމަށް އަޅުގަނޑުމެން އިސްކަންދެނީ. އެހެންނަމަވެސް، އެކަންކަމަށް އިހުތުރާމް ނުކޮށް ޢަމަލުކުރުމުގެ މި ވައްޓަފާޅި ދެމިއޮތްނަމަ، އަޅުގަނޑުމެން ދޭންހެގޭ ޖަވާބެއް ދޭން ފަސްނުޖެހޭނެ. އެކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެދާނެތީ، ތިޔަ ބޭފުޅުންގެ ސަރުކާރުން ގެންގުޅުއްވާ މިސްރާބާމެދު ވަރަށް ރަނގަޅަށް ވިސްނަވާތި.

މެސެޖުގައި ބުނެފައި ވެއެވެ.

އިންޑިއާގެ ޔޫނިއަން ޓެރިޓަރީގައި ހިމެނޭ ޖަޒީރާ މަންޒިލެއް ކަމުގައިވާ ލަކްޝަޑްވީޕް ޕްރޮމޯޓު ކުރަން އެ ޤައުމުގެ ބޮޑު ވަޒީރު ނަރެންދްރަ މޯދީ ކުރެއްވި ޕޯސްޓާއެކު, ރާއްޖެއާ ދެކޮޅަށް އިންޑިއާގެ މީސް މީޑިއާގެ ވަސީލަތްތަކުގައި ކެމްޕޭނެއް ފަށާފައިވަނިކޮށް، ރާއްޖެގެ ސޯޝަލް މީޑިއާގައިވެސް ވަނީ އިންޑިއާއާއި ދެކޮޅަށް ކެމްޕޭން ކުރަން ފަށާފައެވެ.

އެކެމްޕޭންގައި އިންޑިއާގެ ވެރީންނަށް ބަދުބަސް ސަރުކާރުން އިސް 3 އޮފިޝަލަކު ރައްދު ކުރުމާއި ގުޅިގެން އެ 3 އޮފިޝަލުން ސަރުކާރުން ވަނީ ސަސްޕެންޑްވެސް ކޮށްފައެވެ. އަމައްސައާއި ގުޅިގެން އިންޑިއާގެ ފޮރިން މިނިސްޓްރީންވަނީ އިންޑާއަށް ކަނޑައަޅުއްވާފައި ހުންނަވާ ރާއްޖޭގެ ސަފީރު ހާޒިރުވެސް ކޮށްފައެވެ.

ސިޔާސީގޮތުން މީހުންގެ މެދުގައި ޚިޔާލުތަފާތުވުން އުފެއްދުމަށް އަމާޒުކޮށްގެން، މިހާރު އިންޑިއާއި ދެކޮޅަށް ވަަރަށް ބޮޑަށް ފާޑުކިޔަމުންދާ، ކާކުކަން ނޭނގޭ ގޮތަށް "ކުރުސީގެ" ނަމުގައި ހިންގާ "އެކްސް" ހޭންޑްލްއަކީ ނަޝީދުގެ އަންހެން ދަރިފުޅު މީރާ އޮޕަރޭޓް ކުރާ އެކައުންޓެއްކަމަށްބުނެ، އިންޑިއާގެ ބައެއް ސޯޝަލް މީޑިއާއެކުޓިވިސްޓު ވަނީ ނަޝީދުގެ ދަރިފުޅަށްވެސް އިންޒާރު ދީފައެވެ.

އެހެންނަމަވެސް ނަޝީދުވެސް އަދި ނަޝީދުގެ ދަރިފުޅު މީރާވެސް ވަނީ އެތުހުމަތުތައް ދޮގު ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.