ރައްޔިތުންގެ އުއްމީދާއި ގުޅިފައިވާ ފޯކައިދޫ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް

ރައްޔިތުންގެ އުއްމީދާއި ގުޅިފައިވާ ފޯކައިދޫ ބަނދަރުގެ މަސައްކަތް ބާރަށް ކުރިއަށް

Author
މުޙައްމަދު ޝަޒައިމް
15 ޑިސެމްބަރ 2020 09:10
0

ށ.ފޯކައިދޫ ރައްޔިތުންގެ ދިގު އިންތިޒާރަށް ނިމުން ގެނުގައި އެރަށުގެ ރައްޔިތުންގެ އުންމީދު ތަކާއި ގުޅިފައިވާ ބަނދަރު ތަރައްޤީ ކުރުމުގެ މަސައްކަތް ބާރަށް ކުރިއަށްދާ ކަމުގައި މިމަސައްކަތް ކުރާ އެމްޓީސީސީން ހާމަކޮށްފިއެވެ.

އެމްޓީސީސީން ބުނެފައިވަނީ ބަނދަރު ތަރައްޤީ ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 15 ޕަސެންޓް ނިމިފައިވާކަމަށެވެ. އަދި މި މަޝްރޫޢުގެ ދަށުން، މިހާރު ކުރިއަށް ދަނީ ބަނދަރަށް އަލަށް އިތުރުކުރެވޭ ސަރަޙައްދު ފުންކުރުމުގެ މަސައްކަތް ކަމުގައެވެ. ފޯކައިދޫގައި މިހާރު ބޭނުން ކުރަމުންދާ ބަނދަރަކީ 2003 ވަނަ އަހަރު، ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ސަރުކާރުގައި އެރަށުގައި ތަރައްގީކުރި ބަނދަރެކެވެ.

މި މަޝްރުޢުގެ ދަށުން 45795 ކިއުބިކް މީޓަރގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން 507 މީޓަރުގެ ސަރަހައްދެއްގައި ބޭރު ތޮށިލުމާއި 100 މިޓަރުގެ ސަހަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމަށް ވަނީ ހަމަޖެހިފައެވެ. އަދި ފަޅުގައި 464 މީޓަރުގައި އެއްގަމު ތޮށިލުމާއި، 2320 އަކަ މީޓަރުގެ ޕޭވްމަންޓެއްވެސް ބަނދަރު ހިމެނޭ ސަރަހައްދުގައި ހަދާނެއެވެ. މިއީ ސަރުކާރުން 55.97 މިލިއަން ރުފިޔާ ޚަރަދުކޮށްގެން ހިންގާ މަޝްރޫޢެކެވެ.

މި މަޝްރޫއުގެ އެއްބަސްވުމުގައި އެ ކުންފުނީގެ ފަރާތުން ސޮއިކޮށްފައި ވަނީ 2019 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހުއެެވެ. އަދި ފޯކައިދޫގައި ތަރައްޤީ ކުރާ ބަނދަރު މަޝްރޫޢުގެ އަމަލީ އަމަލީ މަސައްކަތް ފަށާފައިވަނީ މިއަހަރުގެ ސެޕްޓެންބަރ މަހުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.