ބެލެނެވެރިން ބަންދުކުރި ދަނބިދޫ ސްކޫލަށް ޓީޗަރުން ފޮނުވަން ފަށައިފި

ބެލެނެވެރިން ބަންދުކުރި ދަނބިދޫ ސްކޫލަށް ޓީޗަރުން ފޮނުވަން ފަށައިފި

ޓީޗަރުން ހަމަނުވެގެން ލ. ދަނބިދޫ ސްކޫލްގެ ބެލެނެވެރިން އެރަށޫ ސްކޫލު ބަންދުކޮށްފައި ވަނިކޮށް އެ ސްކޫލަށް ޓީޗަރުން ފޮނުވަން ފަށާފައިވާކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ދަނބިދޫ ކައުންސިލުން މައުލޫމާތު ދިން ގޮތުގައި، އެރަށުގެ ބެލެެރިން މިއަދު އިހުތިޖާޖު ކުރީ ސްކޫލުގެ ކިޔެވުން އާޓާރމްގަ ފެށިއިރު ޓީޗަރުން މަދުވުމުގެ ސަބަބުން ކަމުގައެވެ. ކައުންސިލްގެ ފަރާތުން ވިދާޅުވީ އެރަށު ސްކޫލުގައި ޓީޗަރުން ހަމަނުވާތާ އަހަރުތަކެއް ވެއްޖެކަމަށާއި، ހުރިހާ މާއްދާތަކެއްވެސް ކިޔަވާދެމުން އައިސްފައިވަނީ އެންމެ ޓީޗަރެއް ކަމުގައެވެ.

މިކަމާއި ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު "ޚަބަރު އޮންލައިން"އަށް މައުލޫމާތު ދެމުން ވިދާޅުވެފައިވަނީ އެރަށު ސްކޫލަށް ޓީޗަރުން ހަމަކުރުމުގެ މަސައްކަތް މިނިސްޓްރީން މިހާރު ކުރަމުންދާ ކަމުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށަށް ބުރާފަތި ދުވަހު އަރަށް ޓީޗަރުން ދިއުމަށް ހަމަޖެހިފައިވާއިރު، އެޑިއުކޭޝަން މިނިސްޓްރީގެ އޮފިޝަލަކު މާދަމާ އެރަށަށް ދާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *