މިހާރު ރަޖިސްޓްރީ ކޮށްދެނީ ދުވާލަކަށް ގިނަވެގެން 30 އުޅަނދު

މިހާރު ރަޖިސްޓްރީ ކޮށްދެނީ ދުވާލަކަށް ގިނަވެގެން 30 އުޅަނދު

Author
ހުސެއިން
08 ޖެނުއަރީ 2024 06:26
0

ފާއިތުވެދިޔަ ތަނުގައި ރާއްޖޭގައި ދުވާލަކަށް 300 އެއްހާ ވެހިކަލް ރަޖިސްޓްރީ ކުރަމުން އައި ކަމަށާއި، އެހެންނަމަވެސް އެއްގަމު އުޅަނދު ރަޖިސްޓްރީކުރާ އަދަދު ކޮންޓްރޯލް ކުރުމަށް އައަދަދު 25 އާއި 30 ދެމެދަށް މަދު ކޮށްފައިވާކަމަށް ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން ވިދާޅު ވެއްޖެއެވެ.

މާލޭ ސަރަހައްދުގެ އިންޓަގްރޭޓެޑް ޓްރާންސްޕޯޓް މާސްޓަރ ޕްލޭންގެ މަސައްކަތް އިފްތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އަމީން މިއަދު ވިދާޅުވީ މިދިޔަ ސަރުކާރުގައި 42،000 އުޅަނދު ރެޖިސްޓްރީ ކޮށްފައިވާކަމަށާއި، ކުރިޔަށް އޮތްތަނުގައި މާލޭ ސަރަހަައްދަށް އެތެރެވާ އުޅަނދު ރެގިއުލޭޓް ކުރާނެ ކަމުގައެވެ.

ތަފާސް ހިސާބު ދައްކާ ގޮތުން އޭރުގަ 300 އެއްހާ ވެހިކަލް ދުވާލެއްގެ މައްޗަށް ރެޖިސްޓްރީ ކުރާކަން ހާމަވޭ. އެކަމަކު މިހާރު އަޅުގަނޑުމެން އެ އަދަދު 25 އާ 30 އާ ދެމެދަށް ދަށް ކޮށްފިން. ކުރިން އެ ރެޖިސްޓްރީކުރި އަދަދަށް ބަލާފަ އުޅަނދުތައް އިތުރުވަމުންދިޔަ މިންވަރަށް ބަލާނަމަ އަޅުގަނޑަށް ގަބޫލު ކުރެވެނީ މާލެ އަކީ މީހުން ދިރިނޫޅެވޭ ވަރު ތަނަކަށް ވެގެން ދިޔުމުގެ ބިރު ބޮޑު.

އަމީން ވިދާޅުވިއެވެ.

އަމީން ވިދާޅުވީ ކުރިން އުޅަނދުތައް ރަޖިސްޓްރީ ކުރަމުންދިޔަ މިންވަރަށް އުޅަނދުތައް ރަޖިސްޓްރީ ކުރަމުންދާނަމަ މާލެއަކީ މީހުންނަށް ދިރި ނޫޅެވޭވަރުގެ ތަނަކަށް ބަދަލުވެގެން ދިއުމުގެ ފުރުސަތު އޮތް ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.