އިންޑިއާއިން ރާއްޖެއަށްކުރާ ދަތުރުތައް ހުއްޓާލުމަށް ގޮވާލައިފި

އިންޑިއާއިން ރާއްޖެއަށްކުރާ ދަތުރުތައް ހުއްޓާލުމަށް ގޮވާލައިފި

ގުޅުންހުރި

އިންޑިއާއާއި އެގައުމުގެ ވެރިންނަށް ބަދަލު ބަސް ބުނެ އިންޑިއާއަށް ފާޑުކީ މައްސަލާގައި ރާއްޖެއާ އިންޑިއާގެ ގުޅުން ގޯސްވެފައި ވަނިކޮށް އިންޑިއާގެ އެއަރލައިންތަކުން ރާއްޖެއަށް ކުރާ ދަތުރުތައް ހުއްޓާލުމަށް އެ ގައުމުގެ ވިޔަފާރިވެރިންގެ ޖަމިއްޔާއެއް ކަމަށްވާ އިންޑިއަން ޗެމްބާ އޮފް ކޮމާސް އިން މިއަދު ގޮވާލައިފިއެވެ.

މިކަމަށް ގޮވާލެއްވީ އިންޑިއަން ޗެމްބާ އޮފް ކޮމާސް (އައިސީސީ) ގެ އޭވިއޭޝަން އެންޑް ޓޫރިޒަމް ކޮމިޓީ ޗެއާމަން ޑރ. ސުބާޝް ގޮޔާލް ސޮއިކުރައްވައި މިއަދު ނެރުއްވި ބަޔާނެއްގައެވެ. އެބަޔާނުގައި އޭނާ ވަނީ އިންޑިއާގެ އެއާލައިންތަކާއި ޓުއަރ އެޖެންޓުން އަދި އޮޕަރޭޓަރުންވެސް ރާއްޖެ ޕްރޮމޯޓު ކުރުން ހުއްޓާލަން ގޮވާލައިފައެވެ.

އައިސީސީން ނެރުނު ބަޔާނުގައި ރާއްޖެ ބޮއިކޮޓް ކުރުމަށް ގޮވާލަާފައިވަނީ އިންޑިއަން އެސޯސިއޭޝަން އޮފް ޓުއާ އޮޕަރޭޓާސްއަށާއި، ޓްރެވަލް އޭޖެންޓްސް އެސޯސިއޭޝަން އޮފް އިންޑިއާށާއި، ޓްރެވަލް އޭޖެންޓްސް ފެޑެރޭޝަން އޮފް އިންޑިއަށާއި، އެޑްވެންޗާ ޓުއާ އޮޕަރޭޓާސް އެސޯސިއޭޝަން އޮފް އިންޑިއަށާއި، އެސޯސިއޭޝަން އޮފް ޑޮމެސްޓިކް ޓުއާ އޮޕަރޭޓާސްގެ އިތުރުން، މައިސް އޭޖެންޓްސްއަށެވެ.

އަސީސީން ގޮވާލާފައިވަނީ ރާއްޖެއަށް ކުރާ ދަތުރުތައް ހުއްޓާލާ އެގައުމުގެ ލަކްޝަދީޕަށް ކުރާ ދަތުރުތައް އިތުރުކުރަންޖެހޭ ކަމަށެވެ. އަދި ގޮވާލާފައިވަނީ ރާއްޖެ ޕްރޮމޯޓު ކުރަން ކުރާ މަސައްކަތްތައް ލަކްޝަދީޕާއި އަންޑަމަން އެންޑް ނިކޮބާ އައިލެންޑްސް ޕްރޮމޯޓު ކުރުމަށް މިސްރާބު ބަދަލުކުރުމަށާއި، އެއީ ރާއްޖެއަށްވުރެ މާރަގަޅު މަންޒިލްތަކެއް ކަމުގައެވެ.

އިންޑިއާއަކީ މިހާރު ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރާ އެއްގައުމަށްވާއިރު، އިންޑިގޯ އާއި އެއާ އިންޑިއާގެ ދަތުރުތައް ކޮންމެ ދުވަހަކުވެސް ރާއްޖެ އަށް ދަތުރުތައް ކުރެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ