މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުމަށާއި، މަހުގެ އަގު ކުޑަކުރުމުގެ މަސައްކަތް ފަށައިފި

މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުމަށާއި، މަހުގެ އަގު ކުޑަކުރުމުގެ މަސައްކަތް ފަށައިފި

Author
ހުސެއިން
07 ޖެނުއަރީ 2024 11:41
0

މަހުގެ އަގު ކުޑަކުރުމަށާއި، އަދި މަސްވެރިންނަށް ދޭންޖެހޭ ފައިސާ ދިނުމާއި ގުޅޭގޮތުން މިއަދުގެ ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާ ކޮށްފިއެވެ.

މިއަދުގެ ކެބިނެޓް ބައްދަލުވުމަށްފަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ނާޒިމް ވިދާޅުވީ މަސްވެރިންނަށް މިހާރު ނުދެވި ހުރި ފައިސާ ދައްކައި ނިންމާނެ ގޮތަކާއި މެދު އިކޮނޮމިކް ކައުންސިލްގައި މަޝްވަރާ ކުރެވިފައިވާ ކަމަށާއި އެކަން ކުރުމަށްފަހު މަހުގެ އަގަށް ބަދަލު ގެނައުމަށް ވެސް މަޝްވަރާ ކުރެވުނު ކަމަށެވެ.

އޭނާ ވިދާޅުވީ އެގޮތުން ފިނިކުރި މަހުގެ އަގު 20 ރުފިޔާ އަދި ފިނި ނުކުރާ މަހުގެ އަގު 15 ރުފިޔާއަށް ބަދަލުކުރުމުގެ މަޝްވަރާތައް ވެސް ކުރިއަށްދާނެ ކަމަށެވެ.

އަދި މިކަންކޮށް ނިންމުމަށް ފަހު ފިނި ކުރި މަހުގެ އަގު 20ރ. އަށް ބަދަލުކޮށް އަދި ފިނި ނުކުރާ މަސް 15ރ. އަށް ބަދަލުކުރުމުގެ މަޝްވަރާތައްވެސް ކުރެވިފައި ވަނީ.

ނާޒިމް ވިދާޅުވިއެވެ.

މި ސަރުކާރު ވެރިކަަމަށް އައުމަށް މިހާތަނަށް ވަނީ މަސްވެރިންނަށް ދޭންޖެހޭ ފައިސާގެ ތެރެއިން 136 މިލިއަަން ރުފިޔާ ދީ ޚަލާސް ކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އ އަހުމަދު..ޅ.ނައިފަރު.ދިރުން
ކޮއްމެ.ވެރިކަމެއްގާއްވެސް.މަސްވެރިން.ބިކައްކޮއްލައެވެ..މަސްވެރިންނަކީއްވެސް.ކުރާއްނެ.ވަރައް.ބައިވަރު.ޚަރަދު.ހުންނައއބަޔެއް..މަހައްފުރަނި.ތެއްޔޮއްވެސް.ފެންވެސް އައިސް ވެސް.ކޮއްތުވެސް.އަޅާއްގެން.މިކަމައް.އެއުރެއްޖު.ކޮއް.ހަފުތާއްއަކު70.000ރުފިޔާ ބޭއްނުމެވެ..ކޮއްމެ.ވެރިޔައްކުވެސް.ވަރައް.އައްޑު.ޚަރުކޮއްބުނެއެވެ.މޖއުޅެނީޚެޔޮއްވެރިކަމެއްކޮއްދޭއްށެވެ..މިއީއްތޯ.ތިބޭއްފުޅުމްތިބުނާއް.ޚެޔޮއްވެރިކަމަކީ..އަޅުގަޑު.ބޭއްނުެްވަނި އެދުވަޚަކު.ކިރާއްމަޚެއްގެ.ފައިސާ.ވަގުތުން.އަތައްލިބުނެމެ