ޗުއްޓީއަށްފަހު މި ހިނގާ ދިރާސީ އަހަރުގެ ދެވަނަ ޓާރމްގެ ކިޔެވުން މިއަދު ފަށައިފިއެވެ.
ފުރަތަމަ ޓާރމްގެ ކިޔެވުން ނިންމާ ދަރިވަރުން ޗުއްޓީއަށް ގޮސްފައިވަނީ ފާއިތުވި ޑިސެމްބަރމަހުގެ 17 ވަނަ ދުވަހުއެވެ. ދެވަނަ ޓާރމްގައި ކިޔަވައިދު ދިނުމަށް ހަމަޖެހިފައިވަނީ ޖުމްލަ 108 ދުވަހުއެވެ.
ދެވަނަ ޓާރމްގެ ކިޔެވުން މިއަދު ފެށިއިރު، ބެލެނެވެރިންގެ އިތުރުން ދައުލަތުގެ ބައެއް މުވައްސަސާތަކުންވެސް ވަނީ ކިޔެވުން ފަށަންވާއިރަށް ތައްޔާރުވެފައެވެ. އޭގެ ތެރޭގައި ފުލުހުން ވަނީ ސްކޫލުތައް ހިމެނޭ ސަރަހައްދުތަކުގެ ޓްރެފިކް ބެލެހެއްޓުމުގެ އިތުރުން އެ ސަރަހައްދުތަކުގެ ވެހިކަލް ޕާރކިންތައްވެސް ތަރުތީބު ކުރުމަށް މަސައްކަތް ކޮށްފައެވެ.
ކޮމެންޓު ފޮނުވާ