ވިއްސާރަވުމުގެ ސަބަބުން މާލޭގައި ފެންބޮޑުވެ ގެއްލުންވާ ގެތަކުގެ މަޢުލޫމާތު އެއްކުރުމަށް އެމްއެންޑީއެފް މާލެ އޭރިއާ ކޮމާންޑުން ސާވޭއެއް ފަށައިފިއެވެ.
މި ސާވޭގެ މަޤުސަދަކީ މާލޭގައި ފެން ބޮޑުވާ ގޭތަކުގެ މަޢުލޫމާތު އެއްކުރުމާއި އެ ގޭތަކުގެ ލޮކޭޝަންތައް މެޕްކުރުމާއި އަދި ފެން ބޮޑުވެގެން ލިބޭ ގެއްލުންތައް ކުޑަކުރުމަށް ދުރާލާ އެޅިދާނެ ފިޔަވަޅުތައް ޙިއްޞާކުރުމުގެ މަޤްސަދުގައި ކުރިއަށް ގެންދާ ސާވޭއެކެވެ. މި ސާވޭގައި 2023 ޑިސެންބަރު 31 ވަނަ ދުވަހު މާލެއަށް ކުރި ވިއްސާރައިގެ ސަބަބުން ފެން ބޮޑުވެ ގެއްލުން ލިބުނު ގެތަކަށް ޒިޔާރާތްކޮށް މަޢުލޫމާތު އެއްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ސާވޭ ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ މި މަހުގެ 6 އިން 8 ވަނަ ދުވަހުގެ ނިޔަލަށެވެ.
ކޮމެންޓު ފޮނުވާ