ވިސާމުވެސް ދެން މަޖިލީހަށް ވާދަ ނުކުރައްވާނެ

ވިސާމުވެސް ދެން މަޖިލީހަށް ވާދަ ނުކުރައްވާނެ

Author
ހުސެއިން
06 ޖެނުއަރީ 2024 01:02
0

20 ވަނަ ރައްޔިތުންގެ މަޖިލިހަށް ވާދަ ނުކުރައްވާނެކަމަށް ލ. ގަމު ދާއިރާގެ އެމްޑިޕީގެ މެމްބަރު، މުހައްމަދު ވިސާމް ވިދާޅުވެއްޖެއެވެ.

ވިސާމް މިކަން ހާމަކޮށްފައިވަނީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައެވެ.

ވިސާމް ވިދާޅުވެފައިވަނީ މެމްބަރު ކަމުގައި ހުންނަވައިގެން އޭނާ ތަމްސީލު ކުރައްވާ ދާއިރާއަށް ހިދުމަތް ކުރުމުގެ ފުރުސަތު ދެއްވިކަމަށްޓަކައި ރައްޔިތުންނަށް ޝުކުރު އަދާ ކުރައްވާފައެވެ.

މިދިޔަ ފަސް އަހަރުގެ ތެރޭގައި ދާއިރާގެ ރައްޔިތުންނާ ގާތުން ރަށްތަކުގެ ހާލަތު ރަނގަޅު ކުރުމަށް ގިނަ މަސައްކަތްތަކެއް ކޮށްދެވިފައިވާ ކަމަށް އުންމީދުކުރަން.

ވިސާމު ވިދާޅުވިއެވެ.

މަޖިލިހުގެ މެމްބަރަކަށް ވެވަޑައިގެންނެވުމުގެ ކުރިން ވިސާމް މަސައްކަތް ކުރައްވީ މީޑިއާގެ ދާއިރާގައެވެ.

އެމްޑީޕީގެ މިހާރުގެ ގިނަ މަޖިލިސް މެމްބަރުންގެ އިނތުރުން އެހެން ބައެއް ޕާޓީތަކުގެ މެމްބަރުންވެސް ގެންދަވަނީ ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަ ނުކުރައްވާނެކަން ހާމަ ކުރައްވަމުންނެވެ.

އޭގެ ތެރޭގައި މަޖިލީހުގެ ކުރީގެ ރައީސް، މުހައްމަދު ނަޝީދުއާއި، މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެމްބަރު، ހިސާން ހުސެއިން ވެސް ވަނީ ވާދަ ނުކުރުއްވުމަށް ނިންމާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.