ޗުއްޓީއަށްފަހު ސްކޫލުތަކުގެ ކިޔެވުން މާދަމާ ފަށަނީ

ޗުއްޓީއަށްފަހު ސްކޫލުތަކުގެ ކިޔެވުން މާދަމާ ފަށަނީ

Author
ހުސެއިން
06 ޖެނުއަރީ 2024 10:43
0

ޗުއްޓީއަށްފަހު މި ހިނގާ ދިރާސީ އަހަރުގެ ދެވަނަ ޓާރމްގެ ކިޔެވުން މާދަމާ ފަށާގޮތަށް ހަމަޖެހިއްޖެއެވެ.

ފުރަތަމަ ޓާރމްގެ ކިޔެވުން ނިންމާ ދަރިވަރުން ޗުއްޓީއަށް ގޮސްފައިވަނީ ފާއިތުވި ޑިސެމްބަރމަހުގެ 17 ވަނަ ދުވަހުއެވެ. ދެވަނަ ޓާރމްގައި ކިޔަވައިދު ދިނުމަށް ހަމަޖެހިފައިވަނީ ޖުމްލަ 108 ދުވަހުއެވެ.

ދެވަނަ ޓާރމްގެ ކިޔެވުން މާދަމާ ފެށުމަށް ހަމަޖެހިފައިވާއިރު، ބެލެނެވެރިންގެ އިތުރުން ދައުލަތުގެ ބައެއް މުވައްސަސާތަކުންވެސް ދަނީ ކިޔެވުން ފަށަންވާއިރަށް ތައްޔާރު ވަމުންނެވެ. އޭގެ ތެރޭގައި ފުލުހުން ދަނީ ސްކޫލުތައް ހިމެނޭ ސަރަހައްދުތަކުގެ ޓްރެފިކް ބެލެހެއްޓުމުގެ އިތުރުން އެ ސަރަހައްދުތަކުގެ ވެހިކަލް ޕާރކިންތައްވެސް ތަރުތީބު ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.