މަވޯޓާ ޝަރީފް މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި މަޖިލިސް އިންތިޚާބުގައި ވާދަކުރަނީ!

މަވޯޓާ ޝަރީފް މިނިވަން ކެނޑިޑޭޓެއްގެ ގޮތުގައި މަޖިލިސް އިންތިޚާބުގައި ވާދަކުރަނީ!

Author
ހުސެއިން
05 ޖެނުއަރީ 2024 07:34
0

މަޖިލިސް އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވުމަށް ގިނަ ފަރާތްތަކުން އެދެމުން ދާނީ އެކަމާމެދު ވިސްނަމުންދާކަމުގައި މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފު ވިދާޅުވެއްޖެއެވެ.

ޝަރީފް ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ ގިނަ ސަޕޯޓަރުން މަޖިލިސް އިންތުޚާބުގައި މިނިވަންކޮށް ވާދަކުރުމަށް އެދެމުންދާތީ އެކަމާއި ގުޅޭގޮތުން ޕީޕީއެމް/ޕީއެންސީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި ވާހަކަދައްކަވަމުން ގެންދަވާ ކަމުގައެވެ.

އެހެންނަމަވެސް އޭގެ އިތުރު ތަތަފްސީލެއް ޝަރީފް ހާމަ ކުރައްވާފައެއް ނުވެއެވެ.

ދާދިފަހުން ޝަރީފްވަނީ އެމްޑީޕީ ދޫކޮށް ވެރިކަންކުރާ ޕީއެންސީއާއި ގުޅިވަޑައިގެންފައެވެ. ޝަރީފް ޕީއެންސީއާއި ގުޅިވަޑައިގަތުމާއެކު މެލޭޝިއާގެ ހައިކޮމިޝަންގައި ޑެޕިއުޓީ ހައިކޮމިޝަނަރއެއްގެ ވަޒިފާގައި ހުންނެވި އޭނާގެ ދަރިފުޅުގެ ވަޒީފާގެ މުއްދަތު މިސަރުކާރުންވަނީ އިތުރު ކޮށްދީފައެވެ.

އެމްޑީޕީން ވަކިވުމުގެ ކުރިން ޝަރީފްވަނީ ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި ވާދަނުކުރާނެ ކަމަށާއި ސިޔާސީ ދާއިރާއިން ދުރަށް ވަޑައިގަނނަވަން ނިންމަވާފައިވާކަން އިއުލާން ކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.