މިހާރު އޮލިމްޕަހުގައި ދައްކަމުން އަންނަ ފިލްމު "ނޮވެމްބާ" ގެ ޝޯތައް ރޭ ނިންމައިލަން ހަމަޖެހިއްޖެ އެވެ.
އަސަރު ގަދަ ލޯބީގެ ވާހަކައެއް ކިޔައިދޭނެ މި ފިލްމަކީ އަލީ ޝިފާއު (ޗިއްޕެ) އާއި ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) އަންހެނުން އައިޝަތު ފުއާދު ތައުފީގު ޑައިރެކްޓްކޮށްފައިވާ ފިލްމެކެވެ. ކޯ-ޑައިރެކްޓަރެއްގެ ގޮތުގައި ހަރަކާތެރިވެފައިވަނީ އާއިޝަތު ފުއާދެވެ. ޗިއްޕެއާއެކު ކެމެރާކުރުމުގައި އަޙްމަދު ޝިނާން ވެސް ހަރަކާތެރިވިއެވެ.
ޑާކް ރެއިން އެންޓަޓައިންމަންޓްގެ މި އަސަރު ގަދަ ލޯބީގެ ފިލްމު ޕްރީމިއާކުރީ މިދިޔަ މަހުގެ 4 ގަ އެވެ. އޮލިމްޕަހުގައި "ނޮވެމްބާ" ގެ ވަދާއީ ޝޯ މިރޭ ދައްކާ އިރު، މި ފިލްމު ބައެއް ރަށްރަށުގައި ވެސް ދައްކާފައިވެ އެވެ.
ޑާކް ރެއިނުން ބުނީ ފިލްމު އަޅުވައި ދޭން ރިކްއެސްޓް އަންނަ ވަރަކުން ރަށްރަށުގައި ފިލްމު އަޅުވަމުން ދާނެ ކަމަށެވެ. މި ފިލްމް އަކީ ނިމިދިއަ 2023 ނިންމަން އެޅުވި ފިލްމްއެކެވެ.
މި ފިލްމު ގެ ލީޑް ރޯލު ކުޅުނީ މަރިޔަމް މަޖުދާ (މަޖޫ) އާއި ޖުމައްޔިލް ނިމާލު (ޖުމަލް) އެވެ. އަދި ފިލްމުގެ ވަރަށް ހާއްސަ ރޯލެއް ކުރީގެ މަޝްހޫރު އެކްޓަރު އިސްމާއީލް ވަޖީހު ވެސް ކުޅުނެވެ.