މީޑިއާ ވިލެޖަށް ބޭނުންވާ ބިން ކަނޑައެޅުމުގެ މަޝްވަރާކޮށްފި

މީޑިއާ ވިލެޖަށް ބޭނުންވާ ބިން ކަނޑައެޅުމުގެ މަޝްވަރާކޮށްފި

Author
ހުސެއިން
05 ޖެނުއަރީ 2024 11:25
0

ރައީސް މުއިއްޒު ވައުދުވެފައިވާ މީޑިއާ ވިލެޖް ގާއިމްކުރުމަށް ބޭނުންވާ ބިން ކަނޑައެޅުމާއި ގުޅޭގޮތުން އާބަންކޯއާއި ޔޫތު މިނިސްޓްރީން މަޝްވަރާ ކޮށްފިއެވެ.

މީޑިއާ ވިލެޖަށް ބޭނުންވާ ބިން ކަނޑައެޅުމުގެ ގޮތުން ޔޫތު މިނިސްޓަރ އިބްރާހިމް ވަހީދު (އަސްވާޑު) އާރބަންކޯގެ މެނޭޖިންގ ޑިރެކްޓަރ ފަޒުލްރަޝީދު އާއި ބައްދަލުކޮށް މަޝްވަރާ ކޮށްފައިވަނީ އިއްޔެއެވެ. އެ ބައްދަލުވުމުގައި ވަނީ މީޑީއާ ވިލެޖު ގާއިމް ކުރުމަށް އެންމެ އެކަށީގެންވާ ތަނަކާ ގުޅޭ ގޮތުން މަޝްވަރާ ކޮށްފައެވެ.

ފާއިތުވި ރިޔާސީ ކެމްޕޭންގައި ރައީސް މުއިއްޒު ވަނީ ދައުލަތުގެ ބަޖެޓުގެ އެހީތެރިކަން މީޑިއާތަކަށް ލިބޭނެ ގޮތް ހައްދަވައިދެއްވާނެ ކަމަށް ވައުދުވެ ވަޑައިގެންފަ އެވެ.

އޭގެ އިތުރުން ނޫސްވެރިކަމަށް ވަންނަން ބޭނުންވާ ފަރާތްތަކަށް ތައުލީމާއި ތަމްރީންވެސް ހަމަޖައްސައި ދެއްވާނެ ކަމަށް މުއިއްޒު ވައުދުވެވަޑައިގެންނެވި އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.