މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ނަމުގައި އާ މުވައްސަސާއެއް އުފެއްދުމަށް ރައީސް މުއިއްޒު ނިންމަވައިފިއެވެ.
ރައީސް މުއިއްޒު މިކަން ހާމަ ކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ)ގެ ދެވަނަ ފޭސް ތަރައްގީ ކުރުމުގެ މަޝްރޫއު އިފުތިހާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ މި މަޝްރޫއުގެ ގިނަ ކަންކަމަކީ އެއް ފަހަރާ ފެށޭނެ ކަންކަން ކަމަށާއި އެ މަސައްކަތްތަކަށް އިންވެސްޓަރުން ހޯދުމާއި އެކި ކަހަލަ ލުއި ފައިނޭޝަލް ފެސިލިޓީތައް ފަހި ކުރުމަށް ކުރަން ޖެހޭ ކަންކަން މިހާރުން މިހާރަށް ފެށުމަށް ނިންމާފައިވާ ކަމުގައެވެ.
އުންމީދު ކުރަނީ މި އަންނަ އާދިއްތަ ދުވަހު އޮންނަ ކެބިނެޓް ބައްދަލުވުމުގައި މަޝްވަރާކޮށް ނިންމޭނެ ކަމަށް މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ ނަމުގައި އާ އޮތޯރިޓީ އެސްޓަބަލިޝް ކުރަން. މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސަސް އޮތޯރިޓީ ވެގެންދާނީ އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓާތައް ރާއްޖޭގައި ގާއިމު ކުރުމަށް މަގު މިވަގުތަށް ފަހި ކުރުމުގެ ފުރަތަމަ ފިޔަވަޅު ކަމަށް.
މިރޭގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅިވިއެވެ.
ރައީސް ވިދާޅުވީ އެ މުވައްސަސާ ގާއިމްކުރުމުގެ ކަންކަން އެމްއެމްއޭއާއި އަދި އެނޫނަސް ކަމާބެހޭ ފަރާތްތަކާ ގުޅިގެން މިހާރު ފަށާފައިވާކަމަށެވެ.
އަދި އޭގެ އިތުރަށް ރައްޔިތުންގެ މަޖިލީހުގެ އެހީތެރިކަމާއެކު ފާސްކުރަން ޖެހޭ ގާނޫނު ފާސްކުރެވުމުން އެ މަސައްކަތަށް އިތުރު ފުރިހަމަކަމެއް ލިބިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައްޔިތުން މަޖިލީހުން ފާސްކުރަން ޖެހޭ ހާއްސަ ގާނޫނެއް އަޅުގަނޑުމެން ފާސް ކުރާނަން. ފާސްކުރެވިގެން މިކަންކަމަށް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރުތައް ރާއްޖޭގައި ގާއިމު ކުރުމަކީ އަޅުގަނޑުމެން ކުރިއަށް ގެންދާނެ ކަންތައްތައް.
ރައީސް މުއިއްޒު ވިދާޅުވިއެވެ.