އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ 20 ވަނަ ރައްޔިތުންގެ މަޖިލިސް އިންތިހާބު ގައި އެމްޑީޕީ ޓިކެޓްގައި ވާދަ ކުރަން ޕްރައިމަރީއެއް ނެތި ޓިކެޓް ކަށަވަރުވެފައިވާ ބޭފުޅުންގެ ލިސްޓަށް އިސްލާހު ގެނެސްފިއެވެ.
ކުރިޔަށް އޮތް މަޖިލިސް އިންތިޚާބުގައި ޕްރައިމަރީއަކާ ނުލާ ޓިކެޓް ލިބޭ މީހުންގެ ލިސްޓު އެންމެ ފުރަތަމަ ނެރުނުއިރު، ޖުމްލަ 36 ބޭފުޅެއްގެ ނަން ހިމަނާފައިވާއިރު، އެލިސްޓުގައި ގެމަނަފުށީ ދާއިރާގެ މެންބަރު އަހްމަދު ސައީދުގެ ނަން އޮތެވެ. އެހެންނަމަވެސް އެހެންނަމަވެސް ލިސްޓް ފަހުން އިސްލާހުކުރުމަށްފަހު ނެރުނުއިރު އޭނާގެ ނަމެއް ނެތެވެ. އޭނާގެ ނަން އިސްލާހުކުރި ލިސްޓުގައި ނެތް ސަބަބެއް އަދި ސާފުވެފައެއް ނުވެއެވެ.
ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރެއްވުމަށް އެމްޑީޕީގެ ޓިކެޓު ޕްރައިމަރީއަކާ ނުލައި 36 ބޭފުޅަކަށް ލިބިވަޑައިގެންފިއެވެ.
އެމްޑީޕީން ބުނީ މަޖިލިސް ޕްރައިމަރީއަށް ހުޅުވާލި ފުރުޞަތުގައި 36 ދާއިރާއެއްގެ ޓިކެޓު ޕްރައިމަރީއަކާ ނުލައި ކަށަވަރުވެފައިވާކަމަށެވެ. އޭގެ ތެރޭގައި މިހާރުގެ 19 ވަނަ މަޖިލިސް ތަމްސީލް ކުރައްވާ ބައެއް މެންބަރުންނާއި، އަލަށް ވާދަކުރައްވާ ފަރާތްތައްވެސް ހިމެނެއެވެ.
އަލަށް އިސްލާހު ކުރި ލިސްޓު:
- ހޯރަފުށި ދާއިރާގެ މެމްބަރު އަހުމަދު ސަލީމް، (މިހާރުގެ މެމްބަރު)
- އިހަވަންދޫ ދާއިރާ އަށް މުހައްމަދު އާރިފް،
- ވައިކަރަދޫ ދާއިރާއަށް ހުސައިން ޒިޔާދު، (މިހާރުގެ މެމްބަރު)
- މަކުނުދޫ ދާއިރާއަށް މުހައްމަދު ރާއީ، (މިހާރުގެ މެމްބަރު)
- މިލަންދޫ ދާއިރާއަށް އަލީ ރިޒާ، (މިހާރުގެ މެމްބަރު)
- ފުނަދޫ ދާއިރާއަށް މުހައްމަދު ޝާހިދު، (މިހާރުގެ މެމްބަރު)
- ހޮޅުދޫ ދާއިރާ އަށް އަހުމަދު ފާތިހް،
- ދުވާފަރު ދާއިރާއަށް އިސްމާއިލް އަހުމަދު، (މިހާރުގެ މެމްބަރު)
- ތުޅާދޫ ދާއިރާއަށް މުހައްމަދު ޝަފީގު،
- ހިންނަވަރު ދާއިރާއަށް ޖީހާން މަހްމޫދު، (މިހާރުގެ މެމްބަރު)
- މާފުށި ދާއިރާއަށް މުހައްމަދު ލުތުފީ،
- ތުލުސްދޫ ދާއިރާއަށް އިބްރާހިމް އަމީރު،
- މާމިގިލި ދާއިރާ އަށް އަލީ އަމީޒް،
- ދިއްގަރު ދާއިރާއަށް އިކްރާމް ހަސަން، (މިހާރުގެ މެމްބަރު)
- މީދޫ ދާއިރާ އަށް އިޔާސް އިސްމާއިލް ލަތީފް،
- ގުރައިދޫ ދާއިރާއަށް ހަސަން ޝިނާން،
- ފޮނަދޫ ދާއިރާއަށް ހުސައިން އަބޫބަކުރު،
- ދާންދޫ ދާއިރާއަށް ޔައުގޫބު އަބްދުﷲ، (މިހާރުގެ މެމްބަރު)
- ކޮލަމާފުށި ދާއިރާއަށް ސައްޔާހް ހަލީލް،
- ތިނަދޫ އުތުރު ދާއިރާއަށް އަހުމަދު ގައިސް،
- ފަރެސްމާތޮޑާ ދާއިރާ އަށް އަހުމަދު ޒައީމް،
- ގައްދޫ ދާއިރާއަށް އަހުމަދު ސައީދު މުހައްމަދު،
- ފުވައްމުލަކު މެދު ދާއިރާއަށް ހުސައިން މުހައްމަދު ދީދީ، (މިހާރުގެ މެމްބަރު)
- ހިތަދޫ އުތުރު ދާއިރާއަށް މުހައްމަދު އަަސްލަމް، (މިހާރުގެ މެމްބަރު)
- ހިތަދޫ ދެކުނު ދާއިރާއަށް އިބްރާހިމް ނާޒިލް، (މިހާރުގެ މެމްބަރު)
- މެދު ހެންވޭރު ދާއިރާއަށް އިބްރާހިމް އަލީ ޖަލީލް،
- ހެންވޭރު ދެކުނު ދާއިރާއަށް ހުސައިން ޝަމީމް، (މިހާރުގެ މެމްބަރު)
- ގަލޮޅު އުތުރު ދާއިރާއަށް މުހައްމަދު އިބްރާހިމް،
- ގަލޮޅު ދެކުނު ދާއިރާއަށް މީކާއިލް އަހުމަދު ނަސީމް، (މިހާރުގެ މެމްބަރު)
- މައްޗަންގޯޅި އުތުރު ދާއިރާއަށް ޟިރުޣާމް ވަހީދު،
- މައްޗަންގޯޅި ދެކުނު ދާއިރާ އަށް އަބްދުﷲ ސިނާން،
- މާފަންނު ހުޅަނގު ދާއިރާ އަށް މުހައްމަދު ފަލާހް، (މިހާރުގެ މެމްބަރު)
- މާފަންނު މެދު ދާއިރާ އަށް އަހުމަދު އާމިރު،
- މާފަންނު ދެކުނު ދާއިރާއަށް ހަސަން އިއާދު ސަލީމް،
- މައްޗަންގޯޅި މެދު ދާއިރާއަށް އަކްރަމް ކަމާލުއްދީން،
ކޮމެންޓު ފޮނުވާ