ރަސްމީ ދަތުރުފުޅެއްގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ވަޑައިގަންނަވަން ނިންމަވައިފިއެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ރަސްމީ ދަތުރުފުޅެއްގައި ރައީސް މުއިއްޒު ޗައިނާއަށް ވަޑައިގަންނަވަން ހަމަޖެހިފައިވަނީ މި ޖެނުއަރީ މަހުގެ ތެރޭގައެވެ. އެހެންނަމަވެސް، މިދަތުރުފުޅާ ގުޅޭ އެއްވެސް ތަފުސީލެއް މިހާތަނަށް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.