ރާއްޖޭގައި ތިބީ އިންޑިއާގެ 88 ސިފައިން: ސަރުކާރު

ރާއްޖޭގައި ތިބީ އިންޑިއާގެ 88 ސިފައިން: ސަރުކާރު

Author
ހުސެއިން
02 ޖެނުއަރީ 2024 01:46
0

ރާއްޖޭގައި ތިބީ އިންޑިއާގެ 88 ސިފައިން ކަމުގައި ސަރުކާރުން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ މިއަދު ރައީސް އޮފީހުގައި ކުރިޔަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި، ރައީސް އޮފީހުގެ މިނިސްޓަރ ނާޒިމްއެވެ.

މީގެކުރިން ސަރުކާރުން ވިދާޅުވެފައިވަނީ، ރައްޖޭގައި ތިބޭ އިންޑިއާގެ ކިހާ އަދަދެއްގެ ސިފައިންކަން ކަށަވަރު ކުރެވިފައި ނުވާކަމުގައެވެ. އަދި މިއަދުގެ ނޭސްވެރިންގެ ބައްދަލުވުމުގައި، ރާއްޖޭގައި ތިބީ 89 ސިފައިންކަމަށް ކުރިން ސަރުކާރުން މައުލޫމާތު ދީފައިވާކަމަށް ނޫސްވެރިޔަކު ކުރި ސުވާލުގެ ޖަވާބުގައި ނާޒިމް ވިދާޅުވީ މިހާރު ސަރުކާރުން ތައްޔާރު ކޮށްފައިވާ ކަރުދާހުން އެގެން ހުރި މިންވަރަކީ ރާއްޖޭގައި އިންޑިއާގެ 88 ސިފައިން ތިބި ކަމަށް ކަމުގައެވެ.

ނާޒިމްް ވިދާޅުވީ އެންމެ މުހިންމު ކަމަކީ، ރާއްޖޭގަ ތިބި އިންޑިއާ ސިފައިން ފޮނުވާލުން ކަމަށާއި، އެމަސައްކަތް ސަރުކާރުން ކުރިޔަށް ގެންދަވާ ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.