ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީގެ އިންޒާރު ނެރެފި

ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އައިސް ސުނާމީގެ އިންޒާރު ނެރެފި

Author
ހުސެއިން
01 ޖެނުއަރީ 2024 02:42
0

ޖަޕާނަށް 7.6 ބާރުމިނުގެ ބާރުގަދަ ބިންހެލުމެއް އައިސް، ސުނާމީގެ އިންޒާރު ނެރެފިއެވެ.

ޖަޕާންގެ މީޓިއޮރޮލޮގިކަލް އޭޖެންސީން ރިޕޯޓި ކޮށްފައިވާގޮތުގައި މި ބިންހެލުން އައިސްފައިވަނީ އެގައުމުގެ އައްސޭރިފަށުގެ ސިޓީއެއްކަމުގައިވާ އިޝިކާވާ ސިޓީއަށާއި އަދި ވަށައިގެންވާ ޕްރީފެކްޗަރތަކަށެވެ.

ޖަޕާން ސަރުކާރުގެ ތަރުޖަމާން ޔޮޝިމާ ހަޔާޝީ ވިދާޅުވެފައިވަނީ ބިންހެލުން އައި ސަރަހައްދުގައި ހުރި ނިއުކުލިއަރ ޕްލާންޓަށް މި ބިންހެލުމުގެ ސަބަބުން އަސު ކޮށްފައިވާކަމަށް އަދި ބެލެވިފައި ނުވާކަމުގައެވެ.

ޖަޕާންގެ އެންއެޗްކޭ ބްރޯޑްލާސްޓަރއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި  3 މީޓަރު އުސް ސުނާމީ ޖަޕާންގެ ނިގާތާ ޕްރީފެކްޗަރގެ އިތުރުން ހުޅަނގު އައްސޭރީގެ ޕްރީފެކްޗަރ ތަކަށް އަރާނެކަމަށް ލަފައިވާކަމަށެވެ.

އަދި ސައިޒުން ކުޑަ ސުނާމީތައް މިހާރު އައްސޭރިފަށާއި ހަމައަށް ފޯރާފައިވާކަމަށްވެސް ވަނީ ރިޕޯޓު ކޮށްފައެވެ.

ތަފްސީލު އަންނަނީ..

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.