ވިއްސާރައިގައި މާލޭގެ 140 ގެއަކަށް ފެން ވަދެ، 40 މީހަކު ހާލުގައިޖެހިގެން އެހީތެރިކަން ފޯރުކޮށްދީފައިވޭ

ވިއްސާރައިގައި މާލޭގެ 140 ގެއަކަށް ފެން ވަދެ، 40 މީހަކު ހާލުގައިޖެހިގެން އެހީތެރިކަން ފޯރުކޮށްދީފައިވޭ

Author
ހުސެއިން
01 ޖެނުއަރީ 2024 12:30
0

އިއްޔެ ކުރި ވިއްސާރައިގައި މާލޭގެ 140 ގެއަކަށް ފެން ވަދެގެން ރިޕޯޓުކޮށްފައިވެއެވެ. އަދި 40 މީހަކު ހާލުގައިޖެހިގެން އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.

މާލޭގައި ފެންވަދެގެން ހާލުގައިޖެހުނު މީހުން ވަނީ ގެސްޓުހައުސްތަކަށް ބަދަލުކޮށްފައިވާއިރު، ގެސްޓުހައުސްތަކުން ހުރުމާއި ކެއުން ހަމަޖައްސައިދީފައިވަނީ ތިން ދުވަހުގެ މުއްދަތަކަށެވެ.

ފަހަކަށް އައިސް ވެރިރަށް މާލެއަށް އެންމެ ބޯކަށް ވާރޭވެހުނު ދުވަހުގައި، ރާއްޖޭގެ މައި އެއަރޕޯޓު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު އޮންނަ ހުޅުލެއަށް ރެކޯޑު އަދަދަކަށް ވާރޭ ވެހިފައިވާކަމަށް މޫސުމާބެހޭ ގައުމީ އިދާރާ މެޓް އޮފީހުން އާންމުކުރި ޑާޓާއިން ވަނީ ދައްކާފައެވެ.
މެޓް އޮފީހުން އާންމު ކޮށްފައިވާ ހިސާބުތަކުން ދައްކާ ގޮތުގައި ހުޅުލެއަށް 179.7 މިލި މީޓަރުގެ ވާރޭ ވަނީ ފާއިތުވީ 24 ގަޑިއިރު ތެރޭގައި  ވެހިފައެވެ.

މެޓު އޮފީހުން ބުނެފައިވަނީ މިހާތަނަށް ރެކޯޑު ކުރެވިފައިވާ ގޮތުގައި ހުޅުލެއަށް އެންމެ ގިނަ އަދަަދަކަށް ވަރޭ ވެހުނީ އިއްޔެއެވެ. އިއްޔެ ހުޅުލެއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވުމުގެ ސަބަބުން ބައެއް ފްލައިޓުތައްވެސް ވަނީ ކެންސަލްކޮށް ކުރަން ޖެހިފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.