މާލެ ފެންބޮޑުވުން ހުއްޓުވުމަށް އޮތް ހައްލަކީ މާލޭގެ ހުރިހާ މަގެއް އަލުން ހަދާ، ރަގަޅު ސްޓޯމް ވޯޓާ ނިޒާމެއް އަލުން ގާއިމްކުރުން ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ، މާލެ ސަރަހައްދަށް މިއަދު ކުރަމުންދާ ވިއްސާރާގައި މާލޭގެ ގިނަ ހިސާބުތަކުގައި ފެންބޮޑުވެ، ގެއްލުން ލިބުނު ގެތަކަށް މިރޭ ޒިޔާރަތް ކުރެއްވުމަށްފަހު މީޑިއާއާ ވާހަކަދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ސަރުކާރުން ނިންމާފައި ވަނީ މާލޭގެ ހުރިހާ މަގެއް ހެދުންކަމަށާއި، މަގުތައް ހަދާއިރު މާލޭގައި ވަރުގަދަ ސްޓޯމް ވޯޓަރ ނިޒާމެއް ގާއިމް ކުރުމަށް ހަމަޖެހިފައިވާ ކަމުގެވެ.
އެހެންވީމަ އަޅުގަނޑުމެންގެ ވިސްނުމަކީ، ވިސްނުން އެކަންޏެއް ނޫން، ނިންމާފަ ވެސް އޮތީ މާލޭގެ ހުރިހާ މަގުތައް ރަނގަޅު ފެންވަރަކަށް، ހުރިހާ މަގެއް ހެދުން. ހަދާއިރުގައި، އަޑީގައި ވަރަށް ވަރުގަދަ ސްޓޯމް ވޯޓާ ނިޒާމެއް ގާއިމްކުރަން، ވަރަށް ފަލަ ހޮޅި ތަކެއް ލާފައި ވަރަށް ވަރުގަދަ ޕަމްޕިން ނިޒާމެއް ލާފައި.
ރައީސް މުއިއްޒު ވިދާޅިވިއެވެ.
ކޮމެންޓު ފޮނުވާ