އެކުގައި 10 އަހަރު ވީއިރުވެސް ވާ ލޯބި މި ފޮޓޯތަކުން!

އެކުގައި 10 އަހަރު ވީއިރުވެސް ވާ ލޯބި މި ފޮޓޯތަކުން!

Author
ފާތިމަތު ނާވީ
14 ޑިސެމްބަރ 2020 02:00
0

ރާޖް ކުމާރް ރާއޯ އާއި އޭނާގެ ލޯބިވެރިޔާ ޕަޓްރާލޭކާ ރައްޓެހިވެގެން އުޅޭތާ 10 އަހަރުވެފައިވާއިރު، އޭނާއަށް ޓަކައި ރާޖްކުމާރުގެ ހިތުގައި އޮތް ލޮތްބަކަށް ބަދަލެއް ނާދެއެވެ. އަދި ރާޖްކުމާރު އަބަދުވެސް އެދެމީހުންގެ ލޯބި ފޮޓޯތައް ސޯޝަލްމީޑިޔާގައި ހިއްސާކުރެއެވެ.

މި ފަހުން ރާޖްކުމާރް އޭނަގެ އިންސްޓަގްރާމް އެކައުންޓުގައި އެދެމީހުން އެކުގައި ފިނިމޫސުމުގެ ޗުއްޓީއަކަށްގޮސް ނާގާފައިވާ ތްރޯބެކް ފޮޓޯއެއް ހިއްސާކޮށްފައެވެ. އަދި މި ފޮޓޯ ޝެއާ ކުރަމުން "އަހަރުމެން" ޖަހައި ހާޓް އެމޯޖީއެއް ލައިފައިވެއެވެ.

 

View this post on Instagram

 

A post shared by RajKummar Rao (@rajkummar_rao)

މި ލޮކްޑައުންގައިވެސް ރާޖްކުމާރް ރާއޯ އާއި އޭނާގެ ލޯބިވެރިޔާ ވަނީ އެދެމީހުންގެ ވަރަށް ބައިވަރު ފޮޓޯތައް ފޭނުންނަށް ހިއްސާކޮށްފަ އެވެ. ދުވަސްކޮޅެއް ކުރިން ޕަޓްރާލޭކާ އޭނާގެ އިންސްޓާގުރާމުގައި ދެމީހުން ދޮންވެލި ގޮނޑު ދޮށެއްގައި ނަގާފައިވާ ފޮޓޯއެއްވެސް ޝެއާކޮށްފައި ވެއެވެ.

 

View this post on Instagram

 

A post shared by ? Patralekhaa ? (@patralekhaa)

އަދި މީގެ ދުވަސްކޮޅެއް ކުރިން ރާޖްކުމާރްވަނީ އޭނާގެ އިންސްޓާގުރާމުގައި ޕޯސްޓުކޮށްފައިވާ އޭނާގެ ފޮޓޯއަށް ކޮންމެ ފަހަރަކު ކެޕްޝަންއަކަށް ލިޔާނެ އެއްޗެއް ނޭނގޭ ކަމަށާއި މިއީ އެންމެނަށްވެސް ދިމާވާ މައްސަލައެއް ކަމުން މި މައްސަލަ ކެޕްޝަން އަކަށް ބަދަލުކޮށްލީކަމަށް ބުނެ ފޮޓޯއެއް ހިއްސާކޮށްފައެވެ.

 

View this post on Instagram

 

A post shared by RajKummar Rao (@rajkummar_rao)

ރާޖްކުމާރް ރާއޯއާއި ޕަޓްރާލޭކާ ވަނީ 2014ގެ ފިލްމު "ސިޓީ ލައިޓްސް" އިން އެކުގައި ފެނިގެން ގޮސްފައެވެ.

 

View this post on Instagram

 

A post shared by ? Patralekhaa ? (@patralekhaa)


ރާޖް ކުމާރް ރާއޯ ދެން އެންމެ އަވަހަށް ފެނިގެންދާނީ ފިލްމު "ބަދާއި ދޯ" އިން ބޫމީ ޕަޑްނޭކަރާއި އެކޮށެވެ. މިއީ 2018 ގެ ފިލްމު " ބަދާއީ ހޯ"ގެ ސީކުއަލް އެކެވެ. އަދި ކުރިއަށްއޮތް މަޖާ ފިލްމެއް ކަމަށްވާ "ސެކަންޑް އިނިންގްސް" އިން ކްރިތީ ސެނޯން އާއިއެކުވެސް ރާޖް ކުމާރް ފެނިގެންދާނެއެވެ. އަދި މި ފިލްމުން ޕަރޭޝް ރާވަލް އަދި ޑިންޕަލް ކަޕާޑިއާވެސް ލީޑު ރޯލުން ފެނިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.