އެމްޑީޕީގެ ތުހުމަތު: 12 މެންބަރުން ޕީއެންސީ އާއި ގުޅުނީ ހުށަހެޅުންތަކެެއް ލިބިގެން

އެމްޑީޕީގެ ތުހުމަތު: 12 މެންބަރުން ޕީއެންސީ އާއި ގުޅުނީ ހުށަހެޅުންތަކެެއް ލިބިގެން

Author
ހުސެއިން
30 ޑިސެމްބަރ 2023 06:48
0

މި ހަފްތާގައި އެމްޑީޕީން ވަކިވެ ކޮންގްރެސް ޕާޓީއާއި ގުޅުނު 12ކޮންގްރެސް ޕާޓީއާއި ގުޅުނީ ހުށަހެޅުންތަކެއް ލިބިގެންކަން އެނގޭ ކަމަށް އެމްޑީޕީގެ ޕާލިމަންޓްރީ ގްރޫޕުން ބުނެފިއެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޕާޓީގެ ޕީޖީ ގްރޫޕުގެ ނައިބު ލީޑަރ އަދި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވީ މެމްބަރުން ކޮންގްރެސް ޕާޓީއާއި ގުޅުނީ ހުށަހެޅުންތަކެއް ލިބިގެންކަމަށް ތުހުމަތު ކުރެވުނު ނަމަވެސް މެންބަރުންގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހެޅުމުގެ ވިސްނުން ނުގެންގުޅުއްވާ ކަމުގައެވެ.

އަދި ރިޝްވަތުގެ ތުހުމަތުތައް އޭސީސީއަށް ހުށަހެޅުއްވުމުގެ ވިސްނުން ނުގެއްގުޅުއްވަންތޯ ނޫސްވެރިން ކުރި ސުވާލުތަކުގެ ޖަވާބުގައި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒް ވިދާޅުވީ, އެފަދަ މަޝްވަރާއެއް ޕީޖީ ގްރޫޕުން މިހާތަނަށް ކޮށްފައި ނުވާ ކަމަށެވެ.

އޭނާ ވިދާޅުވީ އޭސީސީއަށް ދިޔުމުގެ ވިސްނުން ނުގެންގުޅެނީ މެންބަރު ނިސްބަތްވާ ދާއިރާގެ ރައްޔިތުންނަށް އިހްތިރާމް ކުރުމުގެ ގޮތުން ކަމުގައެވެ.

މި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލިހުގެ ހޯރަފުށި ދައިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ސަލީމް ވިދާޅުވީ އެމްޑީޕީގެ ޕީޖީ އޮތީ ވަރަށް ބަދަހިކޮށް ކަމަށެވެ. އަދި މަޖިލީހުގެ މި ދައުރު ނިމޭއިރު ވެސް އެ ޕާޓީ އޮންނަނީ މެޖޯރިޓީއާއެކު ކަމަށާއި ރައީސް އަޒުލުކުރަން އެމްޑީޕީން އުޅޭ ކަމަށް ދެކެވޭ ވާހަކައަކީ ދޮގެއް ކަމުގައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

ހ ހަތިފުށީޒާހިދު
ރައްޔިތުންގެ ހައްޤު ހިމާޔަތްކޮށް ރައްޔިތުންގެ ވޯޓު ގަނެވިއްކާ ބާޒާރައްލާ ނުވިއްކޭގޮތް ހަދަން އެބަޖެހޭ. ރައްޔިތުންނަށް ހެޔޮއެދޭ މެމެބަރުން ތިބިނަމަ މެމްބަރަކު އެމީހަކު ވާދަކޮށް ހޮވުނު ޕާޓީ ދޫކޮށްފިނަމަ ގޮޓިގެއްލޭ ގޮތަށް ގާނޫނު ފާސްކުރާާނެ.