އިބުރޭގެ ރައްދު: ހަސަން ވެސް ހޮވުނީ އެމްޑީޕީ ޓިކެޓްގައި، ބަޔަކު އަލަށް ކަމެއް ނުކުރޭ

އިބުރޭގެ ރައްދު: ހަސަން ވެސް ހޮވުނީ އެމްޑީޕީ ޓިކެޓްގައި، ބަޔަކު އަލަށް ކަމެއް ނުކުރޭ

Author
ހުސެއިން
29 ޑިސެމްބަރ 2023 04:06
0

މިހާރު ފެންނަ މަންޒަރުތަކަށް ބަލާއިރު މާލޭ ސިޓީގެ މޭޔަރުކަމަަށް އާދަމް އާޒިމް ހޮވުނަސް އޭނާވެސް އެމްޑީޕީގައި ހުންނާނެ ކަމަށް ފެންނަ މަންޒަރުތަކަށް ބަލާއިރު ބެލެން ނެތްކަމުގައި ދަ ޑިމޮކްރެޓްސް ޕާޓީގެ ރައީސް ހަސަން ލަތީފު ވިދާޅުވުމުން މަދަނަ އިބުރޭ އެނާއަށް ރައްދު ދީފިއެވެ.

އެމްޑީޕީގެ 13 މެމްބަރަކު ރޭ ކޮންގްރެސް ޕާޓީއަށް ސޮއި ކުރެއްވުމާއި ގުޅިގެން ހަސަން ލަތީފު ކުރި އެކްސް ޕޯސްޓެއްގައި ވިދާޅުވީ އާދަމް އާޒިމްވެސް އެމްޑީޕީއަށް ސޮއި ކުރެއްވީ މޭޔަރު ޓިކެޓް ބޭނުންވެގެން ކަމަށާއި، އޭނަގެވެސް ގުޅުންތައް ހުރީ ނާޒިމާއެކު ހަމަ ސަރުކާރުގައި ކަމުގައެވެ.

އަދި ހަސަން ވިދާޅުވީ މި ފެންނަ މަންޒަރުތަކުން އެމްޑީޕީގެ ޓިކެޓުގައި އާދަން އާޒިމް ހޮވުނަސް އެމްޑީޕީގައި އޭނަވެސް ހުންނާނެކަމަށް ބެލުމަކީ މޮޔަކަމެއް ކަމުގައެވެ. އަދި އެމްޑީޕީއަށްވެސް އާޒިމް ސޮއިކުރީ  މޭޔަރު ޓިކެޓް ބޭނުންވެގެން ކަމަށާއި، އޭނަގެވެސް ގުޅުންތައް ހުރީ ނާޒިމާއެކު ހަމަ ސަރުކާރުގައި ކަމުގައެވެސް ހަސަން ވިދާޅުވިއެވެ.

ހަސަންގެ އެކްސް ޕޯސްޓަށް ރައްދު ދެމުން އެމްޑީޕީގެ ޗެއަރޕާސަންގެ ނައިބު މަދަ އިބުރޭ ވިދާޅުވީ ހަސަން ވެސް މަޖިލީހަށް ހޮވުނީ އެމްޑީޕީ ޓިކެޓްގައި ކަމަށާއި، އެހެންކަމުން އަދި ބަޔަކު އަލަށް ކަމެއް ނުކުރާ ކަމަށެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.