އާޒިމް މޭޔަރަކަށް ހޮވުނަސް އޭނާވެސް އެމްޑީޕީގައި ހުންނާނެކަމަށް ބެލުމަކީ މޮޔަކަމެއް: ހަސަން

އާޒިމް މޭޔަރަކަށް ހޮވުނަސް އޭނާވެސް އެމްޑީޕީގައި ހުންނާނެކަމަށް ބެލުމަކީ މޮޔަކަމެއް: ހަސަން

Author
ހުސެއިން
29 ޑިސެމްބަރ 2023 11:23
0

މިހާރު ފެންނަ މަންޒަރުތަކަށް ބަލާއިރު މާލޭ ސިޓީގެ މޭޔަރުކަމަަށް އާދަމް އާޒިމް ހޮވުނަސް އޭނާވެސް އެމްޑީޕީގައި ހުންނާނެ ކަމަށް ފެންނަ މަންޒަރުތަކަށް ބަލާއިރު ބެލެން ނެތްކަމުގައި ދަ ޑިމޮކްރެޓްސް ޕާޓީގެ ރައީސް ހަސަން ލަތީފު ވިދާޅުވެއްޖެއްޖެއެވެ.

ހަސަން ލަތީފު މިހެން ވިދާޅުވީ އެމްޑީޕީގެ 13 މެމްބަރަކު ރޭ ކޮންގްރެސް ޕާޓީއަށް ސޮއި ކުރެއްވުމާއި ގުޅިގެން ކުރި އެކްސް ޕޯސްޓެއްގައެވެ.

އެކްސް ޕޯސްޓުގައި ހަސަން ވިދާޅުވީ އާދަމް އާޒިމްވެސް އެމްޑީޕީއަށް ސޮއި ކުރެއްވީ މޭޔަރު ޓިކެޓް ބޭނުންވެގެން ކަމަށާއި، އޭނަގެވެސް ގުޅުންތައް ހުރީ ނާޒިމާއެކު ހަމަ ސަރުކާރުގައި ކަމުގައެވެ.

މި ފެންނަ މަންޒަރުތަކުން MDPޓިކެޓުގައި އާދަން އާޒިމް ހޮވުނަސް MDP ގައި އޭނަވެސް ހުންނާނެކަމަށް ބެލުމަކީ މޮޔަކަމެއް! MDP އަށް އޭނަވެސް ސޮއިކުރީ މޭޔަރު ޓިކެޓް ބޭނުންވެގެން. އޭނަގެވެސް ގުޅުންތައް ހުރީ ނާޒިމާއެކު ހަމަ ސަރުކާރުގައި.

ހަސަން ވިދާޅުވިއެވެ.

ފާއިތުވި ރައީސް ސާލިހުގެ ދައުރުގައި އާދަމް އާޒިމް ހުންނެވީ އެމްޑަބްލިއުއެސްސީއާއި އެމްޓީސީސީގެ ސީއީއޯގެ މަމާމްގައެވެ. އެހެންނަމަވެސް އޭރު އޭނާ ވެރިކަންކުރަމުންދިޔަ އެމްޑީޕީއަށް ސޮއި ކުރައްވާފައެއް ނުވެއެވެ. އޭނާ އެމްޑީޕީއަށް ސޮއި ކުރެއްވީ މޭޔަރ ބައި އިލެކްޝަންގައި ވާދަކުރެއްވުމަށެވެ.

އެމްޑީޕީގެ ގިނަ ޢަދަދެއްގެ މެންބަރުން ވެރިކަންކުރާ ކޮންގްރެސް ޕާޓީއާއި ރޭވަނީ ގުޅިވަޑައިގެންފައެވެ. އެމްޑީޕީގައި އެންމެ އިސްކޮށް އުޅުއްވި ގިނަ ޢަދަދެއްގެ މެންބަރުން ކޮންގްރެސް ޕާޓީއާއި ގުޅިވަޑައިގަތީ ރޭ ދަރުބާރު ގޭގައި ބޭއްވުނު ޖަލްސާގައެވެ. އެ މެންބަރުން ޕާޓީއާއި ގުޅިވަޑައިގެންނެވި ފޯމާ ހަވާލުވެވަޑައިގަތީ ކޮންގްރެސް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއެވެ.

އެމްޑީޕީން ކޮންގްރެސް (ޕީއެންސީ)އާއި ގުޅިވަޑައިގެންނެވި މެންބަރުން:

1- އިބްރާހީމް ޝަރީފް/ މަރަދޫ ދާއިރާގެ މެންބަރު

2- މުޙައްމަދު ނިހާދު/ ފޭދޫ ދާއިރާގެ މެންބަރު

3- އަޙްމަދު ޚައިތަމް/ މައްޗަންގޮޅި ދެކުނު ދާއިރާ

4- ޢަލީ ޙަމީދު/ އިސްދޫ ދާއިރާ

5- ޢަބްދުﷲ ޝަހީމް ޢަބްދުލްޙަކީމް/ ކަނޑިތީމު ދާއިރާ

6- ޢަބްދުލްޣަނީ ޢަބްދުލްޙަކީމް/ ކުރެންދޫ ދާއިރާ

7- ޙަސަން ޒަރީރު/ މަތިވެރި ދާއިރާ

8- އިބްރާހީމް ނަސީރު/މުލަކު ދާއިރާ

9- ޢަބްދުލްމުޙްސިން ހަމީދު/ ނިލަންދޫ ދާއިރާ

10- އާދަމް ޢަލީ/ މާފަންނު ދެކުނު ދާއިރާ

11- މުޙައްމަދު ރާޝީދު/ ކޮމަންޑޫ ދާއިރާ

12- ޙަސަން ޝިއާން/ ތޮއްޑޫ ދާއިރާ

13- އިބްރާހީމް ޝާޒް/ ގުރައިދޫ ދާއިރާ

ރޭ ކޮމްގްރެސް ޕާޓީއާއި ގުޅިވަޑައިގެންނެވި 13 މެމްބަރުންގެ ތެރެއިން ޖަލްސާ އަށް ވަޑައިގެންނެވީ 10 މެމްބަރުންނެވެ. އަނެއް ތިން މެމްބަރުން މާލޭގައި ނޫޅުއްވި ނަމަވެސް އެ މެމްބަރުން ވަނީ ޕީއެންސީ އަށް ސޮއިކުރެއްވި ފޮޓޯ އާންމުކޮށްފައެވެ.

މި މެމްބަރުންގެ ތެރެއިން 12 މެމްބަރުންނަކީ މިއަދާ ހަމައަށް ވެސް އެމްޑީޕީގައި ތިއްބެވި މެމްބަރުންނެވެ. އަދި ހައިތަމް ވަނީ މިދިޔަ ރިޔާސީ އިންތިހާބުގެ ތެރޭގައި އެމްޑީޕީން ވަކިވެވަޑައިގެންފައެވެ. އެމްޑީޕީން ވަކިވެވަޑައިގެންނެވި ފަހުން މިހާތަނަށް އައިއިރު ވެސް އޭނާ އެއްވެސް ޕާޓީއަކާ ގުޅިވަޑައިގެންފައެއް ނުވެއެވެ.

މި ހުރިހާ މެމްބަރުން ޕީއެންސީއާ ގުޅިވަޑައިގަތުމާ އެކުގައި މަޖިލިހުގެ މައިނޯރިޓީ ޕާޓީ އަށް ވާނީ ޕީއެންސީއެވެ. މި ބަދަލާ އެކު، މަޖިލިހުގައި ތިއްބަވާ އެމްޑީޕީގެ މެމްބަރުންގެ އަދަދު 44 އަށް އަރާއިރު، އެމްޑީޕީގައި މިރެއާ ހަމައަށް 56 މެމްބަރުން ތިއްބެވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.