"އެނިމަލް" ގެ އަސަރުގަދަ ލޯބީގެ ލަވައެއް

"އެނިމަލް" ގެ އަސަރުގަދަ ލޯބީގެ ލަވައެއް

Author
ފާތިމަތު ނާވީ
29 ޑިސެމްބަރ 2023 06:06
0

ކާމިޔާބު ފިލްމް "އެނިމަލް"ގެ އަސަރުގަދަ ލޯބީގެ ލަވައެއް ބެލުންތެރިންނަށް ދޫކޮށްލައިފިއެވެ.

މި ފިލްމް ވެގެން ގޮސްފައިވަނީ ބޮކްސް އޮފީހުގައި ބޮޑު އާމްދަނީއެއް ހޯދި ވަރަށް ކާމިޔާބު ފިލްމްއަކަށެވެ. އަދިވެސް އޮތީ ފިލްމް ސިނަމާގައި އަޅުވައިފައިއެވެ. އެހެން ކަމުން މި ފިލްމް އަށް ލިބޭ އާމްދަނީ އަންނަނީ އިތުރު ވަމުންނެވެ.

ރެކޯޑުތަށް މުގުރާފައިވާ މި ފިލްމުން ބެލުންތެރިންނަށް ދޫކޮށްލި ލަވައަކީ "ޕެހެލޭ ބި މޭ"އެވެ. މި ލަވައިން ފެނިގެންދަނީ ރަންބީރު ކަޕޫރު އާއި ތްރިޕްތީ ދިމްރީއެވެ. ވަރަށް ގައިގޯޅި މަންޒަރު ތަކެއް ފެންނަ މި ލަވައަކީ ވިޝާލް މިޝްރާ ކިޔައިފައިވާ ލަވައެކެވެ.

 

View this post on Instagram

 

A post shared by Triptii Dimri (@tripti_dimri)

މި ޑާކް އެކްޝަން ތުރިލާ އަކީ 2019 ގެ ކާމިޔާބު ފިލްމު "ކަބީރް ސިންގް" ގެނެސްދިން ސަންދީޕް ރެޑީ ވަންގާ ހަދާފައިވާ އެއްޗެކެވެ. ލީޑުން ރަންބީރު އާއި އެކައި ފެނިގެންދާނީ ސައުތުގެ މަޝްހޫރު ބަތަލާ ރަޝްމިކާ މަންދަނާއެވެ.

މީ ދެތަރިން އެކުގަިއ ފެނިގެންދާނެ ފުރަތަމަ ފިލްމްއެވެ. ފިލްމްގެ ކާސްޓުގައި އަނިލް ކަޕޫރާއި ބޮބީ ޑިއޯލްގެ އިތުރުން ޓްރިޕްތީ ދިމްރީ ވެސް ހިމެނެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.