މާލެއަށް ކުރިމަތިވެފައިވާ ޕާކިންގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކާ މާލޭގައި އެޅުމަށް ހަމަޖެހިފައިވާ ހަތަރު ޕާކިން ބިލްޑިންގު އެޅުމުގެ މަސައްކަތް އަންނަ މަހު ފެށުމަށް ނިންމާފައިވާ ކަމަށް ސިޓީ ކައުންސިލުން ބުނެފި އެވެ.
މިކަން ގާމަކޮށްފައިވަނީ މާލޭ ސިޓީ ކައުންސިލާއި ލޯކަލް ގަވަމަންޓް އޮތޯރިޓީ(އެލްޖީއޭ) ގުޅިގެން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝްއެވެ.
އެގޮތުން އޭނާ ވިދާޅުވީ އަންނަމަހު ހަތަރު ބިލްޑިންގުގެ މަސައްކަތް އެއްފަހަރާ ފެށުމަށް މަސައްކަތް ކުރަމުންދާ ކަމުގައެވެ.
މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ނަރީޝް ވިދާޅުވީ ގަވާއިދާ ހިލާފަށް ޕާކުކޮށްފައި ހުރި ވެހިކަލްތަކާއި ގިނަ ދުވަސްވެގެން ހަލާކުވެ، ނައްތާލަން ޖެހޭ ގޮތަށް މާލޭ މަގުތަކުގައި ހުރި އުޅަނދުތައް ނަގަން ވެސް ކައުންސިލުން މަޝްވަރާ ކުރަމުން އަންނަ ކަމުގައެވެ.
އަދި މިއީ މާލެ ސަރަހައްދުގެ ސާފުތާހިރުކަމާއި ޓްރެފިކް މައްސަލަ ހައްލު ކުރުމަށް ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރައިސް މުއިއްޒުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ވައުދުތަކުގެ ތެރޭގައި މާލޭގެ ޕާޚިންގެ ޖާގަ އިތުރުކުރުމުގެ މަސައްކަތް ފެށުމަށް ވަނީ ހިމަނާފައެވެ. އޭގެ ތެރޭގައި ވަނީ ޕާކިން އިމާރާތް ނުވަތަ ޕާކިން ބިލްޑިން އެޅުން ހިމަނާފައެވެ.
ރައީސް ޔާމިންގެ ވެރިކަމުގައި، މުއިއްޒު ހައުސިން މިނިސްޓަރު ކަމުގައި މާލޭގެ މެކޭނިކަލް ޕާކިންސިސްޓަމްތައް ބަހައްޓަން ފެށުނެވެ. އެހެންނަމަވެސް އެތަންތަން ރަގަޅަށް ގާއިމް ނުކުރެވު ގިނަ ސިސްޓަމްތައް ވެގެންދިޔައީ ބާ ދަނގަޑަށެވެ.
ކޮމެންޓު ފޮނުވާ