ރާއްޖެގެ އެކި ސަރަހައްދުތަކުގައި އިސްރަށްވެހިންނަށް ޚާއްޞަ މަރުކަޒުތަކެއް ޤާއިމުކުރަނީ

ރާއްޖެގެ އެކި ސަރަހައްދުތަކުގައި އިސްރަށްވެހިންނަށް ޚާއްޞަ މަރުކަޒުތަކެއް ޤާއިމުކުރަނީ

ގުޅުންހުރި

އުމުރުން ދުވަސްވީ ފަރާތްތަކުގެ ދުޅަހެޔޮކަމަށް އަމާޒުކޮށް މި ސަރުކާރުން ގާއިމްކުރާ ޚާއްސަ މަރުކަޒުތައް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ގާއިމް ކުރުމަށް ނިންމައިފިއެވެ.

ސަރުކާރުގެ ކެބިނެޓުން ނިންމާފައިވާ ނިންމުންތައް މީޑިއާތަކާއި ހިއްސާކުރުމަށް ރައީސް އޮފީހުގެ މިނިސްޓަރު ނާޒިމް މިއަދު ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުން ވިދާޅުވީ އިސްރަށްވެހިންނަށް ޚާއްޞަ މަރުކަޒުތަކެއް ޤާއިމުކުރުމަށް ކެބުނެޓުގައި މަޝްވާރާކަށް ސަރުކާރުން ނިންމާފައިވާ ކަމުގައެވެ.

އެގޮތުން އޭނާ ވިދާޅުވީ ފުރަތަމަ މަރުކަޒެއްގެ ގޮތުގައި ހުޅުވަން ނިންމާފައިވަނީ ކުރިން ކީރިތި ޤުރުއާނާ ބެހޭ މަރުކަޒު ހިންގި އިމާރާތް ކަމުގައެވެ..

މިއަދު ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕަބްލިކް ޕޮލިސީ، ޢަބްދުﷲ ނާޒިމް ވިދާޅުވީ އިސްރަށްވެހިންނަށް ޚާއްޞަ އިޖުތިމާއީ މަރުކަޒުތައް ޤާއިމުކުރުމުގެ މަސައްކަތަކީ މި ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދީގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ.

އެގޮތުން ކުރީގެ ޤުރުއާނާ ބެހޭ މަރުކަޒުގައި ހުޅުވާ ފުރަތަމަ އިޖުތިމާއީ މަރުކަޒު ގާއިމް ކުރުމަށްފަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި އިސްރައްވެހިންގެ މަރުކަޒުތައް ޤާއިމުކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށްވެސް ނާޒިމް ވިދާޅުވިއެބެ.

ނާޒިމް ވިދާޅުވީ މި މަސައްކަތަކީ ހެލްތު މިނިސްޓްރީއާއި ޔޫތު މިނިސްޓްރީއާއި ސްޕޯޓްސް މިނިސްޓްރީ ގުޅިގެން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތެއް ކަމުގައެވެ..

އިތުރަށް އޭނާ ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ އާބާދީގެ ވަރަށް ބޮޑުބައަކީ އިސްރަށްވެހިންނަށްވުމާއެކު، ގިނަ ދުވަހު ޤައުމަށް ޚިދުމަތްކުރެއްވުމަށްފަހު ރިޓަޔާ ކުރައްވާފައިވާ ބޭފުޅުންގެ ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ކަށަވަރުކޮށްދިނުމުގައި ސަރުކާރުން އެހީތެރިވުމަކީ މި ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ.

މިފަދައިން ޤާއިމުކުރެވޭ މަރުކަޒުތަކުން ނަފުސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ކުރިއއރުވުމަށް ކުޅިވަރާއި މުނިފޫހިފިލުވުމުގެ އެކި ޚިދުމަތްތައް ލިބޭނެއެވެ. ކައުންސިލިންގެ ޚިދުމަތާއި ޖަމްއިއްޔާ ޖަމާއަތްތަކަށް މަސައްކަތްކުރާނެ ޖާގަތައްވެސް ޤާއިމުކުރެވޭނެއެވެ. އަދި އިސްރަށްވެހިންގެ ތަޖުރިބާތައް ހިއްސާކުރުމުގެ ޕްރޮގުރާމުތައް އެ މަރުކަޒުތަކުގައި ހިންގާނެއެވެ.

އޭގެ އިތުރަށް ސަރުކާރުގެ އެކި އިދާރާތަކުން ދޭ ބައެއް ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން އިސްރަށްވެހިންނަށް ލިބޭނެ އިންތިޒާމުތައްވެސް އެ އިދާރާގައި ހަމަޖެހިފައި ހުންނާނެއެވެ. އިޖުތިމާއީ ޚިދުމަތްތައް ލިބުމާއެކު، ޞިއްޙީ ދުޅަހެޔޮކަން ވަޒަންކުރުމުގެ ޕްރޮގުރާމުތައްވެސް އެތަނުގައި ހިންގާނެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ