އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރަން ޕްރައިމަރީއަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްފި

އެމްޑީޕީގެ ޓިކެޓުގައި މަޖިލީހަށް ވާދަކުރަން ޕްރައިމަރީއަށް ފޯމު ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްފި

Author
ހުސެއިން
23 ޑިސެމްބަރ 2023 04:22
0

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ ފަރާތްތަކަށް ފޯމު ހުށައަޅަން އެޕާޓިން ހުޅުވާލި މުއްދަތު އިތުރު ކޮށްފިއެވެ.

އެމްޑީޕީން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެޕާޓީގެ ޓިކެޓުގައި ވާދަކުރަން ބޭނުންވާ މެންބަރުންނަށް ޝައުޤުވެރިކަންފާޅުކުރުމަށް ހުޅުވާލި މުއްދަތު 30 ޑިސެމްބަރ 2023 ވާ ހޮނިހިރު ދުވަހުގެ ހަވީރު 04:00 ގެ ނިޔަލަށް އިތުރުކުރެވިފައިވާކަމަށެވެ.

އެމްޑީޕީގެ ޓިކެޓްގައި ވާދަކުރަން ބޭނުންވާ އެ ޕާޓީގެ މެމްބަރުން ޝައުގުވެރިކަންފާޅު ކުރުމުގެ ފުރުސަތު މިއަފުރަތަމަ ހުޅުވާލީ މި މަހުގެ 25 ވަނަ ދުވަހާ ހަމައަށެވެ. ޕްރައިމަރީ ބޭއްވުމަށް އަދިވެސް ހަމަޖައްސާފައިވަނީ، 26 އަދި 27 ޖެނުއަރީވާ ހުކުރު އަދި ހޮނިހިރު ދުވަހުކަމަށް އެ ޕާޓީން ބުނެފައި ވެއެވެ.

ޕްރައިމަރީގައި ވެސް މަޖިލިސް އިންތިޚާބުގައި ވެސް ވާދަ ކުރެވޭނީ ޝައުގުވެރިކަން ފާޅުކޮށް ފޯމު ހުށަހަޅާ މެމްބަރުންނަށް އެކަނިކަމަށްވެސް އެމޑީޕީން ބުންޏެވެ.

ޕްރައިމަރީގައި ވާދަކުރުމުގެ ޝަރުޠުތައް:

  • 1.އެމްޑީޕީގެ މެމްބަރެއް ކަމުގައިވުން
  • 2.ޤާނޫނުއަސާސީ އާއި މަޖިލިސް އިންތިހާބުގެ ގާނޫނުން މަޖިލީހުގެ އިންތިހާބަށް ކުރިމަތިލާ މީހެއްގައި ހުންނަންޖެހޭ ޝަރުޠުތައް ހަމަވުން
މިހާރު ހިންގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހަކީ އެމްޑީޕީގެ ތާރިޚުގައި އެންމެ ބޮޑު އަޣްލަބިއްޔަތެއް ލިބުނު މަޖިލީހެވެ. އެޕާޓުގެ މެންބަރުންގެ ޢަދަދު މިހާރުވެސް 50އިން މައްޗަށް އަރައެވެ.
އަންނަ އަހަރު ކުރީކޮޅު އޮންނަ 20 ވަނަ ރައްޔިތުންގެ މަޖިލީހަށް 93 މެންބަރުން އިންތިޚާބުކުރާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.