ކޮންމެ ވެބްސަައިޓަކީ ނޫހެއް ނޫން ކަމަށާއި، ރަޖިސްޓްރީކޮށްފައިވާ އެއްވެސް ނޫހަކަށް ސަރުކާރަކުން ފިޔަވަޅެއް ނާޅާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާން މުހައްމަދު ޝަހީބު ވިދާޅުވެއްޖެއެވެ.
ޝަހީބު މިހެން ވިދާޅުވެފައިވަނީ ސަރުކާރަށް ފާޑު ކިޔަމުން އައި ދެ ނޫހެއް ސަރުކާރުން ބްލޮކް ކުރުމާއި ގުޅިގެން ސަރުކާރަށް ގިނަ ބައެއްގެ ފާޑު ކިޔުން އަމާޒު ވެފައި ވަނިކޮށް، ސަރުކާރުން ދެ ވެބްސައިޓެއް ބޮލްކު ކުރުމާއި ގުޅިގެން އެމްޖޭއޭއިން ނެރުނު ނޫސްބަޔާނަކަށް ރައްދު ދެމުންނެވެ.
އެމްޖޭއޭގެ ބަޔާނަށް ރައްދު ދެމުން ޝަހީބު ވިދާޅުބެފައިވަނީ، އެމް.ޖޭ.އޭ އިން ބަޔާނެއް ނެރުމުގެ ކުރިން، ބަލަންވާ ވަރަށް ކަންކަން ބަލައި ދިރާސާކޮށްފައި ނެތްކަން ހިތާމައާއެކު ފާހަގަކުރާ ކަމަށެވެ.
ރަޖިސްޓްރީކޮށްފައިވާ އެއްވެސް ނޫހަކަށް ސަރުކާރަކުން ފިޔަވަޅެއް ނާޅައި. ކޮންމެ ވެބްސައިޓަކީ ނޫހެއް ނޫން. އެމް.ޖޭ.އޭ އިން ބަޔާނެއް ނެރުމުގެ ކުރިން، ބަލަންވާ ވަރަށް ކަންކަން ބަލައި ދިރާސާކޮށްފައި ނެތްކަން ހިތާމައާއެކު ފާހަގަކުރަން.
މި ޖަމްއިއްޔާއިން ބަޔާނެއް ނެރުމުގެ ކުރިން އެކަމާ މެދު ފުޅާދާއިރާއެއްގައި ހިންގާ ކޮމިޓީގެ މެންބަރުންގެ މެދުގައި ބަހުސްކޮށް މި ޖަމްއިއްޔާއިން އެފްލިއޭޓްވެފައިވާ ބައިނަލްއަގުވާމީ ނޫސްވެރިންނާ ގުޅުން ހުރި ޖަމްއިއްޔާތަކާ މަޝްވަރާކޮށް ހިޔާލު އަބަދުވެސް ހޯދަން. މި ޖަމްއިއްޔާއިން ކަންކަން އަބަދުވެސް ކުރާނީ ޒިންމާދާރު ކަމާއި އެކު ނޫސްވެރިކަމުގެ ހައްގު ހިފަހައްޓައި ނެގެހެއްޓޭނޭ ގޮތެއްގެ މަތިން ކަމުގައި ދަންނަވަން. އަދި އެ މަސްއޫލިއްޔަތު އަދާކުރުމުގައި މި ޖަމްއިއްޔާއިން .ފަހަތަށް ނުޖެހި ދެމި ތިބޭނޭ ކަމުގެ ޔަގީންކަން ހުރިހާ ނޫސްވެރިންނަށް އަރުވަން.
ރޭގެ ވަގުތެއްގައި ސަރުކާރުން ބްލޮކް ކޮށްފައި ވަނީ ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމްގެ ނަމުގައި ހިންގަމުން އައި ދެ ވެބްސައިޓެއް ބުލޮކް ކޮށްފައެވެ. މި ދެ ވެބްސައިޓަކީވެސް ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔުމުގެ ނަޒަރަކުން ލިޔަމުން އައި ދެ ވެބްސައިޓެކެވެ.
މި ދެ ވެބްސައިޓު ބްލޮ ކުރިމައްސަލާގައި ގިނަބައެއް ފާޑުކިޔުން ސަރުކާރަށް ވަނީ އަމާޒުވެފައެވެ. އެހެންނަމަވެސް ފާޑުކިޔުންތަކަށް ރައްދު ދެއްވާ ސަރުކާރުގެ ތަރުޖަމާން މުހައްމަދު ޝަހީބު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގާނޫނާއި ގަވައިދުތަކުގެ ދަށުން ރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ އެއްވެސް ނޫހެއް ނުވަތަ މަޖައްލާއެއް ސަރުކާރުން ބްލޮކެއް ނުކުރާނެ ކަމަށެވެ.
ކުރުސީ.ކޮމް އާއި ދިޔަވަރު.ކޮމް އަކީ ރަޖިސްޓާ ކޮށްގެން ހިންގާ ދެ ނޫހެއް ނޫނެވެ. އެކަމަކު ރާއްޖޭގައި މިހާތަނަށް ވެސް ރެޖިސްޓްރީނުކޮށް ނޫސްތައް ހިންގަ އެވެ. އަދި އިސްރާއީލު ފަދަ ގައުމަތަކުން ހިންގާ އޮންލައިން ނޫސްތައްވެސް ރާއްޖޭގައި ބްލޮކު ކޮށްފައެއް ނުވެއެވެ.
ނޫސްވެރިކަމުގެ މިނިވަންކަން އޭގެ އެންމެ ފުޅާމިނުގައި ދެމެހެއްޓުން މި ސަރުކާރުން ކަށަވަރުކުރާނެ ކަމުގެ ޔަގީންކަން އަރުވަން.
ޝަހީބު ވިދާޅުވި އެވެ.
މި ދެ ވެބްސައިޓް ބްލޮކް ކުރި މައްސަލާގައި އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް ވިދާޅުވެފައިވަނީ އެއީ ނުރައްކަލެއްގެ އިންޒާރުގެ ރަނގަބީލެއް ގޮތުގަ އެވެ. އަދި އޭނާ ވިދާޅުވީ ސަރުކާރުގެ އަނިޔާވެރިކަން ފުޅާ ދާއިރާއެއްގައި ހިންގުމާ އޮތް ހުރަހަކީ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ނެތުން ކަމަށެވެ.
ދިޔަވަރު އޮންލައިންއާއި ކުރުސީ.ކޮމް ބްލޮކް ކުރުމަކީ ރާއްޖޭގައި ކުރިޔަށް އޮތް ތަނުގައި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން މިނިވަންކަމާއެކު ދެމި ނޯންނޭކަން ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.
ކޮމެންޓު ފޮނުވާ