ކުޑަ ނަގައިގެން ބުރިޖް އަދި ހައިވޭގައި ދަތުރު ނުކުރުމަށް އިލްތިމާސް ކޮށްފި

ކުޑަ ނަގައިގެން ބުރިޖް އަދި ހައިވޭގައި ދަތުރު ނުކުރުމަށް އިލްތިމާސް ކޮށްފި

Author
ހުސެއިން
21 ޑިސެމްބަރ 2023 10:33
0

ބުރިޖް އަދި ހައިވޭގައި ކުޑަ ނަގައިގެން ނުދުއްވުމަށް ފުލުހުން އިލްތިމާސް ކޮށްފިއެވެ. ފުލުހުން ކުރި އެކްސް ޕޯސްޓެއްގައި ފުލުހުން ވިދާޅުވެފައިވަނީ ބްރިޖު އަދި ހައިވޭގައި ކުޑަ ނަގައިގެން ސައިކަލު ދުއްވާނަމަ ކުޑަ ވަޔާ ވިއްސައިގެންގޮސް ހިތާމަވެރި ހާދިސާއެއް ހިނގުމަކީ އެކަށީގެންވާ ކަމެއް ކަމުގައެވެ.

އެގޮތުން ތިމާއާއި އަނެކުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރެއްވުމަށް މިފަދަ ކަންކަމުން ދުރުހެލިވުމަށް ފުލުހުން އިލްތިމާސް ކޮށްފައި ވެއެވެ.

ބުރިޖުގައި ފާއިތުވެދިޔަ ތަނުގައި ތަފާތު އެކްސިޑެންޓްތައް ހިގާ، މަރުގެ ހާދިސާތައްވެސް ހިނގާފައި ވެއެވެ. މިފަދަ ގިނަ ހިތާމަވެރި ހާދިސާތައް ގިނަ ފަހަރަށް ހިނގާފައިވަނީ މަގުމަތީ ގަވާއިދުތަކަށް އިހުތުރާމް ނުކުރެވިގެންކަން ފާހަގަ ކޮށްލެވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.