ޑާކްރެއިން އެންޓަޓެއިންމަންޓުން އިއުލާންކުރި ފީޗާ ފިލްމު "އަވަ" ގެ ނަން "ބިބީ" އަށް ބަދަލުކޮށް ފިލްމުގެ ޝޫޓިން ފަށައިފިއެވެ.
މި ލިޔެ، ޑައިރެކްޓް ކުރަނީ އަލަށް ޑައިރެކްޝަނަށް ނުކުތް ޝަހުދާ މަހުމޫދެވެ. އޭނަގެ މަސައްކަތްތަކެއް ފެނިގެންދާނެ ސެގްމަންޓްތަކެއް ހިމެނޭ އެންތޮލޮޖީ "ޑާކް ރެއިން ކްރޮނިކަލްސް 2: ލަވް" އަންނަ މަހު ބައިސްކޯފަށް އަންނާނެ އެވެ. "ބިބީ" އަކީ ޝަހުދާ ލިޔެ، ޑައިރެކްޓްކުރާ ފުރަތަމަ ފީޗާ ފިލްމެވެ.
"ބިބީ" ގެ ލީޑް ރޯލު ކުޅެނީ އޭނަގެ ފިރިމީހާ އަދި މިހާރު އެންމެ ޑިމާންޑް ބޮޑު އެކްޓަރުގެ ގޮތުގައި ފާހަގަކޮށްލެވޭ ޝަރަފު އަބްދުﷲއެވެ. މީ ދެމަފިރިން އެކުގައި ކުރާ ފުރަތަމަ މަސައްކަތެވެ.
ޝަރަފަކީ މިހާރު ފިލްމީ ދާއިރާގައި ހުރި އެންމެ ޑިމާންޑް ބޮޑު އެކްޓަރެވެ. ޑާކް ރެއިބުން ބުނީ އެތަނުން ގެނެސްދޭ "ބިބީ" ބަތަލާ އަކީ މަރިޔަމް މަޖުދާ (މަޖޫ) ކަމަށެވެ. އެހެންވެ މި ފިލްމު ވާނީ ޝަރަފާއި މަޖޫގެ ޖޯޑު އެކީގައި ފެންނާނެ ފުރަތަމަ ފީޗާ ފިލްމަށެވެ.
ދިވެހި އެފްއެމްގެ އިތުރުން ޓީވީއެމްގެ ޕްރޮގްރާމްތައް ވެސް މިހާރު ހުށަހަޅާ ޝަހުދާ، ޑައިރެކްޓަރެއްގެ ގޮނޑީގައި އިށީންނަ އަލަތު ފިލްމު، ރާއްޖޭގެ މިހާރުގެ އެންމެ ކާމިޔާބު ސްޓޫޑިއޯ އިން ގެނެސްދިނުމަށް ތައްޔާރުވާ އިރު، އޭނަ މިހާރު ވެސް އަންނަނީ އެތަނުގެ ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުންނެވެ.
ޝަހުދާ ފިލްމެއް ޕްރޮޑިއުސް ކުރާ އިރުގައި އޭނާ އަންނަނީ "ޑާކްރެއިން ކްރޮނިކްލްސް"ސީޒަން ދޭއްގެ އެޕިސޯޑްތަކުގެ ތެރޭގައި ހިމެނޭ "ލެމަން ކޭކް" ގެ މަސައްކަތް ކުރަމުންނެވެ. ޑާކް ރެއިން އެންޓަޓައިންމަންޓް ކްރޮނިކަލްސްގެ ސީޒަން ދޭކަށް އަލީ ޝިފާއު (ޗިއްޕެ) ވެސްް އަންނަނީ އެޕިސޯޑެއްގެ މަސައްކަތްކުރަމުންނެވެ.