ރާއްޖެއިން ހައްޖަށް ފޮނުވުމަށް ސައުދީ ސަރުކާރުން ދޭ ހުރިހާ ކޯޓާއެއް ހައްޖު ކޯޕަރޭޝަނާ ހަވާލުކުރުމަށް ސަރުކާރުން ނިންމައިފިއެވެ.
މިކަން ހާމަކޮށްފައިވަނީ، ރައީސް އޮފީހުގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީގެ ތަރުޖަމާ މުހައްމަދު ޝަހީބުއެވެ.
މިއަދު ނޫސްވެރިންގެ ބައްދަލުވުމުގައި ޝަހީބު ވިދާޅުވީ، މިގޮތަށް ނިންމީ، ހައްޖަށް ދިއުމަށް ގިނަ ބަޔަކު ރަޖިސްޓްރީވެފައި ތިބި ތިބުމަށް ރިއާޔަތްކޮށް، ހައްޖުވެރިންގެ އިންތިޒާރު ދިގުލައިގެން ދިޔަ ނުދިނުމަށާއި، ޚިދުމަތުގެ ފެންވަރު ރަގަޅުކޮށް އާންމު ރައްޔިތުންގެ އިތުބާރު ބޮޑު ކުރުމަށް ކަމުގައެވެ.
އާންމު ގޮތެއްގައި ކޮންމެ އަހަރަކުވެސް ރާއްޖެއަށް ރަސްމީ ހައްޖު ކޯޓާގެ ގޮތުގައި ލިބެނީ 1،000 ކޯޓާއެވެ. އޭނާ ވިދާޅުވީ ވަޒީރުންގެ މަޖިލިހުގެ މިއަދުގެ ނިންމުމާއެކު އާންމު ރައްޔިތުންނަށް ވަަރަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެ ކަމުގައެވެ.
ކޮމެންޓު ފޮނުވާ