މާލޭ ސިޓީއަށް މޭޔަރަކު ހޮވުމަށް ބާއްވާ ބައި-އިންތިޚާބުގައި ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފިއެވެ. ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތެއްގައި ނަންތައް ތަރުތީބުކުރީ ކެންޑިޑޭޓުންގެ ޙާޒިރުގައެވެ.
މާލޭ މޭޔަރުކަމަށް 5 ކެނޑިޑޭޓަކު ވަދަކުރައްވައެވެ. މިއަދު ވަނީ މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ 3 ގޮނޑިއަށް ވާދަކުރައްވާ ކެންޑިޑޭޓުންގެ ނަންތައްވެސް ތަރުތީބުކޮށްފައެވެ. މާލެ ސިޓީ ކައުންސިލުން ގޮނޑި ހުސްވެފައިވާ 3 ދާއިރާއަކީ ހެންވޭރު ދެކުނާއި، މާފަންނު ދެކުނުގެ އިތުރުން މެދު ހެންވޭރެވެ.
މޭޔަރުކަމަށް ވާދަކުރާ ކެންޑިޑޭޓުންގެ ނަންބަރު:
• ކެންޑިޑޭޓް ނަންބަރު 1: ޝުޢައިބު ޢަލީ/ އަމިއްލަ ގޮތުން
• ކެންޑިޑޭޓް ނަންބަރު 2: ޙުސައިން ވަހީދު / އަމިއްލަ ގޮތުން
• ކެންޑިޑޭޓް ނަންބަރު 3: ޢާއިޝަތު ޢާޒިމާ ޝަކޫރު / ޕީއެންސީ
• ކެންޑިޑޭޓް ނަންބަރު 4: އާދަމް ޢާޒިމް / އެމްޑީޕީ
• ކެންޑިޑޭޓް ނަންބަރު 5: ސައިފް ފާތިހު / ދަ ޑިމޮކްރެޓްސް
މާލެ ސިޓީ މޭޔަރުކަމަށާއި، މާލެ ސިޓީ ކައުންސިލުން ހުސްވެފައިވާ 3 ގޮނޑިއަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ ނޮވެންބަރުމަހުގެ 28 ގައެވެ. މުއްދަތު ދީފައިވަނީ މިމަހުގެ 13 އާއި ހަމައަށެވެ.
މާލޭ މޭޔަރުއ ަދި ކައުންސިލް އިންތިޚާބު އޮންނާނީ އަންނަ މަހުގެ 13 ވަނަ ދުވަހުއެވެ.
ކޮމެންޓު ފޮނުވާ