އިސްލާމީ ވެރިކަމެއްގެ އެންމެ މުހިންމު ވާޖިބަކީ ދީނީ އިލްމު އާންމު ކުރުމާއި، އިސްލާމީ ޝިއާރު ނެގެހެއްޓުން: ޚުޡުބާ

އިސްލާމީ ވެރިކަމެއްގެ އެންމެ މުހިންމު ވާޖިބަކީ ދީނީ އިލްމު އާންމު ކުރުމާއި، އިސްލާމީ ޝިއާރު ނެގެހެއްޓުން: ޚުޡުބާ

Author
ހުސެއިން
15 ޑިސެމްބަރ 2023 03:00
0

އިސްލާމީ ވެރިކަމެއްގެ އެންމެ މުހިންމު ވާޖިބަކީ މީސްތަކުންނަށް އިސްލާމް ދީނުގައި އަންގަވާފައިވާ ކަންކަމަށް ބާރު އެޅުމާއި، ދީނީ ކަންކަމާބެހޭ އިލްމު އާންމު ކުރުމާއި، އިސްލާމީ ޝިއާރުތައް ނެގެހެއްޓުމާއި މުޖުތަމަޢުގައި ހިނގާ ނޭއްގާނީ ކަންކަން މަނާކުރުން ކަމުގައި މިއަދުގެ ޚުޡުބާގައި ވިދާޅުވެއްޖެއެވެ.

"ހެޔޮ ކަންކަމަށް އަމުރު ކުރުމާއި، މުންކަރާތްތައް ނަހީކުރުން" މި މައުޟޫއަށް ޚާއްސަ ކުރެވިގެންދިޔަ މިއަދު ޚުޡުބާގައި ވިދާޅުވި ގޮތުގައި ހެޔޮކަންތައްތަކަށް އަމުރުކުރުމާއި، މުންކަރާތްތައް މަނާކުރުމުގެ ޒިންމާއަކީ، އިސްލާމީ އުންމަތުގެ ހުރިހާ ފަރުދުންގެ ޒިންމާއެއް ކަމުގައެވެ. އެގޮތުން ކޮންމެ މީހަކުވެސް އެމީހެއްގެ ފެންވަރާއި ހައިސިއްޔަތުގެ މިންވަރުން އެ ޒިންމާ އަދާކުރަން ޖެހޭނެ ކަމުގައިވެސް މިއަދުގެ ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.

މުސްލިމް އަޚުންނޭވެ! މުޖުތަމައެއްގެ ތަހުޒީބު ވާނީ އެ މުޖުތަމައެއްގައި ހުރި އެންމެހާ ނޭއްގާނީ ކަންކަން މަނާކުރެވި، ހެޔޮ ކަންތައްތަކަށް އަމުރު ކުރެވިގެންނެވެ. އެބައެއްގެ އަގީދާއާއި، ތަގާފަތާއި، ލެޔާއި، މުދަލާއި، އަބުރަށް އަމާންކަމެއް ނެތް މުޖުތަމައެއް، އެއީ ތަހުޒީބު މުޖުތަމައެކޭ ނުބުނެވޭނެއެވެ. އެ މުޖަތައެއްގައި ހިނގާ މުންކަރާތްތައް މަނާ ނުކުރެވޭނަމަ، އެބަޔަކު އެވަނީ، އެބައެއްގެ އަމިއްލަ އަތްތަކުން ހަލާކުކޮށް ދޮރުތައް ހުޅުވާފައެވެ.

މިއަދު ޚުޡުބާގައި ވިދާޅުވެފައި ވެއެވެ.

ޚުޡުބާގައި އިތުރަށް ވިދާޅުވެފައިވަނީ، މުޖުތަމަޢުގައި ހިނގާ ނޭއްގާނީ ކަންކަން ހުއްޓުވުމަށް ކުރެވޭ ކޮންމެ މަސައްކަތަކީ ތިމާގެ އަމިއްލަ މުދަލާއި އަނބިދަރިންގެ ސަލާމަތަށްޓަލާ ކުރެވޭ މަސައްކަތެއް ކަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.