ވައްކަމުގެ މައްސަލައެއްގައި މީހަކު ހޯދަން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ

ވައްކަމުގެ މައްސަލައެއްގައި މީހަކު ހޯދަން އާންމުންގެ އެހީތެރިކަމަށް އެދިއްޖެ

Author
މުޙައްމަދު ޝަޒައިމް
13 ޑިސެމްބަރ 2020 11:51
0

ގދ. ތިނަދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުންދާ ވައްކަމުގެ މައްސަލައަކާ ގުޅިގެން މީހަކު ހޯދުމަށް ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެވެ.

މިމައްސަލައާ ގުޅިގެން ހޯދަމުންދަނީ ކ. މާލެ / ގ. ހިޔަލީގޭއާގެ، އަޙްމަދު އަފްރާޒް (32އ) އެވެ. އަޙްމަދު އަފްރާޒް އާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގެ ނަންބަރު 9792358 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށް ފުލުހުން ވަނީ އެދިވަޑައިގެންފައެވެ.

ފަހަކަށް އައިސް މާލެއާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ވައްކަން އިތުރުވެ، ވައްކަމުގެ މައްސަލަތަކުގައި ފުލުހުން ހޯދަން އިއުލާން ކުރާ މީހުންގެ ނިސްބަތްވެސް ވަނީ އިތުރުވެފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.