އެމްޑީޕީން އަލުން ނުކުންނަނީ މާލޭގައި ރީނދޫ ކުލަ އަލުން ފާއްދާލުމަށް: ޝާހިދު

އެމްޑީޕީން އަލުން ނުކުންނަނީ މާލޭގައި ރީނދޫ ކުލަ އަލުން ފާއްދާލުމަށް: ޝާހިދު

Author
އަހުމަދު
10 ޑިސެމްބަރ 2023 11:42
0

އެމްޑީޕީން އަލުން ނުކުންނަނީ މާލޭގައި އެ ޕާޓީގެ ކުލަ ކަމުގައިވާ ރީނދޫ ކުލަ އަލުން ފާއްދާލުމަށް ކަމަށް ކުރީގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީގެ މޭޔަރު އަދި ކައުންސިލްގެ ހުސްވެފައިވާ ދާއިރާ އަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ސޯސަން މަގުގައި ބޭއްވި ޖަލްސާގައި ޝާހިދު ވިދާޅުވީ މާލެ އެ ގޮތް މިގޮތަށް "ފަތްފުއް" ޖެހުނު ގޮތާއި މާލެ "ކުނިވަމުން" ދިޔަ ތަން ދިވެހިނަށް ފެނިފައިވާ ކަމަށެވެ. މިއަދު މާލޭގެ ރައްޔިތުން އެދި ގޮވަމުން އަންނަނީ ފެހި، ފަހި، ތަނަވަސް މާލެއެއް ހޯދައި ދިނުމަށް ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

މާލެ ސިޓީ ކައުންސިލަށް ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓުންގެ ފަހަތުގައި ރުުކުރުވާލަނީ އިންތިހާބު ކާމިޔާބު ކުރުމަށް ފަހު މާލެއަކީ ފެހި، ފަހި އަދި ތަނަވަސް މާލެއަކަށް ހަދައި ދިނުމަށް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ޝާހިދު ވިދާޅުވި ގޮތުގައި ލާމަރުކަޒީ ނިޒާމަކީ އެމްޑީޕީގެ ބަނޑުން ވިހެއި ދަރިއެކެވެ. ލާމަރުކަޒީ ނިޒާމު އުފެދުނީއްސުރެ، އެ ނިޒާޟު ހަލާކުކޮށްލަން އުޅޭ ބަޔަކަށް ލާމަރުކަޒީ ނިޒާމު ހިންގޭނީ ކިހިނެއްތޯ ޝާހިދު ވަނީ ސުވާލު ކުރައްވައިފައެވެ.

"ގާނޫނުއަސާސީގައި ލާމަރުކަޒީ ނިޒާމު ހިމެނީ އެމްޑީޕީން އިސް ނަގައިގެން. އެއަށް ފަހު ދިޔަ މަރުހަލާތައް އެނގިވަޑައިގަންނަވާނެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ފިޔަވައި އެހެން އެއްވެސް ސަރުކާރަކުން ލާމަރުކަޒީ ނިޒާމު އޭގެ ފުރިހަމަ ގޮތުގައި ހިންގުމުގެ ފުރުސަތު ދެއްވާފައެއް ނެތް. މިދިޔަ ފަސް އަހަރު ދުވަހުގެ ތެރޭގައި ހުރިހާ ކައުންސިލަކަށް އެ ވަނީ ފުރުސަތު ދެއްވާފައި." މާލެ ސިޓީ ކައުންސިލް މިހާރު އޮތީ ފެއިލްވެފައި ކަން ފާހަގަ ކުރައްވައި ޝާހިދު ވިދާޅުވިއެވެ.

ލާމަރުކަޒީ ނިޒާމުގެ ތެރެއިން "އެޓޯލްސް މިނިސްޓްރީ" ފަދަ މިނިސްޓްރީއެއް މި ސަރުކާރުން އުފެއްދުމާ ގުޅިގެން އެކަމަށް ފާޑު ކިޔުއްވައި ޝާހިދު ވިދާޅުވީ އެ މިނިސްޓްރީގެ ސަބަބުން ރާއްޖެ ސޮއްސާލައިގެން ދަނީ 1980 ނުވަތަ 1970 ގެ އަހަރުތަކުގެ ތެރެއަށް ކަމަށެވެ. ލާމަރުކަޒީ ނިޒާމުގެ ދަށުން ކައުންސިލްތައް ހިންގަމުން ދަނިކޮށް މިނިސްޓްރީއެއް އުފައްދައިގެން މަސައްކަތް ކުރަން ފެށުމުން އެކަމުގެ މޮޅިވެރިކަމާއި ހިތްދަތިކަން އިހްސާސް ކުރެއްވޭ ކަމަށް އޭނާ ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބިރުގަނޭ. އެކަމަކު އުންމީދުގެ އަލިކަން އެ ގެނައި ސިއްރުން އަޅުގަނޑު މިއަދު ބުނަމުން މިގެންދަނީ. ﷲ ގެ ހެޔޮ ރަހްމަތްފުޅުން ލަހެއް ނުވެ އުދަރެސް މަތިން ރީނދޫ ކުލައިގެ ރަން ރީނދޫ އުޖާލާކަން ދިއްލާލާނެ، ފެވިގެންދާނެ،" ޝާހިދު ވިދާޅުވިއެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.