ރައީސް ޔާމީން ޕީއެންއެފްއަށް ސޮއި ކުރައްވައިފި

ރައީސް ޔާމީން ޕީއެންއެފްއަށް ސޮއި ކުރައްވައިފި

Author
ހުސެއިން
10 ޑިސެމްބަރ 2023 10:00
0

ޕީކުރީގެ ރައީސް ޔާމިން ޕީއެންއެފްއަށް ސޮއި ކުރައްވައިފިއެވެ.

ރައީސް ޔާމިން ޕީއެންއެފްއަށް ސޮއި ކުރައްވާފައި ވަނީ އެޕާޓީން މިރޭ ބޭއްވި ޚާއްސަ ހަފްލާއެއްގައެވެ. ރައީސް ޔާމިން އެ ޕާޓީއަށް ސޮއި ކުރެއްވި ފޯމާ ހަވާލުވެވަޑައިގަތީ ޕީއެންއެފް އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވަމުންދާ ކުރީގެ މިނިސްޓަރު މަލީހު ޖަމާލްއެވެ.

ސޮއި ކުރެއްވުމަށްފަހު ރައީސް ޔާމިން އެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވާފައެއް ނުވެއެވެ.

ޕީޕަލްސް ނޭޝަނަލް ފްރޮންޓު (ޕީއެންއެފް)އިން ދާދިފަހުން ބުނެފައިވަނީ، ރަޖިސްޓްރީ ކުރުމަށް ބޭނުންވާ 3000 ސޮއި އެޕާޓީން ހަމަ ކޮށްފައިވާ ކަމުގައެވެ

ޕީއެންއެފް ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދޫކޮށްފައިވަނީ ފާއިތުވި ނޮވެމްބަރުމަހުގެ 19 ވަނަ ދުވަހުއެވެ.

ޕާޓީ އުފެއްދުމުގެ ހުއްދައާއި ހަވާލުވީ އެޕާޓީ އުފެއްދުމުގައި އިސްކޮށް ހަރަކާތްތެރިވަމުންދާ ޓީމުގެ މެމްބަންނެވެ. އޭގެ ތެރޭގައި ކުރީގެ ނާއިބު ރައީސް ޑރ. ޖަމީލްއާއި، ކުރީގެ މިނިސްޓަރ މަލީހުއާއި ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް ހުސެއިން ވަހީދުގެ އިތުރުން ޕީޕީއެމްގައި ކުރިން އިސްކޮށް ހަރަކާތްތެރިވި ބައެއް ފަރާތްތައްވެސް ހިމެނެއެވެ. ރައީސް ޔާމިން ގާނޫނީ ބަންދެއްގައި ހުންނެވުމާއި ގުޅިގެން ޕާޓީ އުފެއްދުމުގެ ހުއްދަ ދޫކޮށްފައިވަނީ ރައީސް ޔާމިންގެ ދަރިކަލުނ ޒެއިންގެ ނަމުގައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

A Aadhanu
ކިއްވެ ކޮބަ ޖަލުހުކުމް