ދައުލަތުގެ ޕްރޮކިއުމަންޓް މަސައްކަތްތައް ކޮށް އަދި ބަލަހައްޓާ ނޭޝަނަލް ޓެންޑަރ ބޯޑު އަލުން އެކުލަވާލައިފިއެވެ.
ޓެންޑަރ ބޯޑަކީ ފިނޭންސް މިނިސްޓްރީގެ ދަށުން ހިނގަމުން އަންނަ ދައުލަތުގެ ޕްރޮކިއުޓްމަންޓްގެ އެންމެހާ ކަންކަން ބަލަހައްޓާ މައި އިދާރާއެވެ. ޓެންޑަރ ބޯޑަށް މެމްބަރުން އައްޔަން ކުރަނީ ފިނޭންސް މިނިސްޓަރެވެ.
ޓެންޑާ ބޯޑަށް އަލުން އައްޔަން ކުރި މެންބަރުން:
- ޗެއާމަން: ފިނޭންސުގެ ޑެޕިއުޓީ މިނިސްޓަރު އަހުމަދު ސައީދު
- ވައިސް ޗެއާމަން: އަބްދުﷲ އިމްރާން
- މުންތާޒު އަބްދުއް ރަހީމް
- ފާތުމަތު މުހައްމަދު ދީދީ
- އަލްއުސްތާޒާ އައިމިނަތު ޒީނިޔާ
- އާދަމް ބަދުރުﷲ
- މުހައްމަދު ޝަނޫން ފުއާދު
ދައުލަތުގެ ޕްރޮކިއުމަންޓް އެންމެހާ އުސޫލުތަކެއް އެކުލަވާލުމުގެ އިތުރުން، 5 މިލިއަނަށްވުރެ މަތީގެ ސަރުކާރުގެ ހުރިހާ ބިޑެއް އިވޭލުއޭޓްކޮށް އަދި އެވާޑް ކުރަނީވެސް ޓެންޑަރ ބޯޑުންނެވެ.
ކޮމެންޓު ފޮނުވާ