"ހައުސްފުލް 5″ ފަސްކޮށްފި

"ހައުސްފުލް 5″ ފަސްކޮށްފި

Author
ފާތިމަތު ނާވީ
10 ޑިސެމްބަރ 2023 10:29
0

ގިނަ ތަރިންތަކެއް ފެނިގެންދާ ފިލްމް  "ހައުސްފުލް 5″ 2025 އަށް ފަސްކޮށްފި އެވެ.

އަންނަ އަހަރުގެ ނޮވެމްބަރުގެ ތެރެގައި ގެނެސްދޭ ގޮތަށް މި އަހަރުގެ ޖޫންގައި އިއުލާންކުރި އަކްޝޭ ކުމާރު ލީޑުން ފެނިގެންދާ މި ފިލްމު މިހާރު ތާވަލުކޮށްފައި ވަނީ ޖޫން 6، 2025 އަށެވެ.

ބޮލީވުޑްގެ އެންމެ މަގުބޫލު ކޮމެޑީ ފްރެންޗައިޒްތަކުގެ ތެރޭގައި ހިމެނޭ "ހައުސްފުލް 5″ ޑައިރެކްޓްކުރަނީ 2008 ގެ "ދޯސްތާނާ" އާއި 2019 ގެ "ޑްރައިވް" ގެނެސްދިން ތަރޫން މަންސުކާނީ އެވެ.

 

View this post on Instagram

 

A post shared by Akshay Kumar (@akshaykumar)

ޕްރޮޑިއުސަރު ސާޖިދު ނަދިއަދުވާލާ ގެނެސްދިން "ހައުސްފުލް" ފްރެންޗައިޒްގެ 4 ވަނަ ފިލްމްއަކީ ބޮކްސް އޮފީހުގައި ވަރަށް ކާމިޔާބު ފިލްމްއެކެވެ. މި ފްރެންޗައިޒްގެ ކުރީގެ ހަތަރު ފިލްމާ އެއްގޮތަށް ކާސްޓްގައި އަކްޝޭ އާއި ރިތޭޝް ދޭޝްމުކް ހިމެނޭނެކަން ކަށަވަރު ވި ނަމަވެސް ކާސްޓެއް އަދި ނޭގެއެވެ.

ނަމަވެސް މި ފިލްމްއިން ގިނަ އަދެއްދެއްގެ ތަރިން ތަކެއް ފެނިގެންދާނެ ކަމަށް މައުލޫމާތު ލިބެއެވެ. "ހައުސްފުލް" ފްރެންޗައިސްގެ ފުރަތަމަ ފިލްމު ނެރުނީ 2010 ގަ އެވެ. މި ފިލްމަށް ބޮކްސް އޮފީހުގައި ރަނގަޅު ކާމިޔާބީއެއް ލިބިފައިވެ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.