ގެވެށި އަނިޔާއާއި، ކުޑަކުދިންނަށް ކުރާ އަނިޔަވަނީ އިންތިހާއަށް އިތުރުވެފަ: އެޗްއާރުސީއެމް

ގެވެށި އަނިޔާއާއި، ކުޑަކުދިންނަށް ކުރާ އަނިޔަވަނީ އިންތިހާއަށް އިތުރުވެފަ: އެޗްއާރުސީއެމް

Author
މުޙައްމަދު ޝަޒައިމް
13 ޑިސެމްބަރ 2020 09:44
0

ރާއްޖޭގައި ކުޑަކުދިންނަށް ކުރާ އަނިޔާއާއި، ޖިންސީ އަނިޔާތައް އނިްތިހާއަށް އިތުރުވެފައިވާކަމަށް އެޗްއާރުސީއެމް އިން ބައިނަލްއަޤްވާމީ އިންސާނީ ޙައްޤުތަކުގެ ދުވަހާ ގުޅިގެން "ރިފްލެކްޓިންގ 15 އިޔަރޒް- ދަ "ރައިޓްސް" ސައިޑް އޮފް ލައިފް" ދިރާސާގެ ތިންވަނަ ރިޕޯޓުން ދައްކައިފިއެވެ.

މިދިރާސާއަކީ ދަ "ރައިޓްސް" ސައިޑް އޮފް ލައިފް ދިރާސާއަކީ އިންސާނީ ޙައްޤުތަކާމެދު އާންމުން ދެކޭގޮތާއި، އާންމުންގެ ހޭލުންތެރިކަން ހުރި މިންވަރު ދެނެގަތުމަށް ކުރިއަށްގެންދާ ސިލްސިލާ ދިރާސާއެކެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުން ރެންޑަމްކޮށް ހޮވާލެވިފައިވާ 20 ރަށެއްގައި ކުރިއަށް ގެންދިޔަ މި ސާރވޭގައި ޖުމްލަ 1160 މީހުން ބައިވެރިވެފައިވާކަމަށް އެޗްއާރުސީއެމް އިން ބުނެއެވެ. މިދިރާސާއަކީ ޔޫއެންޑީޕީއާއި ގުޅިގެން ސިލްސިލާކޮށް2005 ވަނަ އަހަރުން 2011 އަހަރު ކުރިއަށް ގެންގޮސްފައިވާ ރިޕޯޓުގެ 3 ވަނަ އަދަދުކަމަށް އެޗްއާރުސީއެމް އިން ބުނެއެވެ. ހރ

މި ދިރާސާއިން އަންހެނުންނާއި ކުޑަކުދިންގެ ޙައްޤުތަކާއި، ގެވެށި އަނިޔާއާ، މި ކަންކަމުގައި މުއައްސަސާތަކުގެ ދައުރާ މެދު ދެކޭ ގޮތް ދެނެގަތުމަށް އެކި ސުވާލުތައް ހިމަނާފައިވެއެވެ. ގޮތުން، އަންހެނުންގެ ޙައްޤުތަކަށާއި މިންތީގެ ހަމަހަމަކަމަށް އާންމުންދޭ އެއްބާރުލުން ދަށްވެފައިވާކަން ފާހަގަވެފައިވެއެވެ. އާއިލާގެ މައްސަލަތަކާއި، ކުޑަކުދިންގެ ހަޟާނަތުގެ މައްސަލަތަކުގައި އަންހެނުންނަށް ހުރި ހަމަހަމަ ޙައްޤުތަކާ ބެހޭގޮތުން ހުރި ސުވާލުތަކަށް ރައްދުދީފައިނުވާ އަންހެނުންގެ އަދަދު ކަންބޮޑުވާ މިންވަރަށް އިތުރުވެފައިވާކަން ފާހަގަވެފައިވެއެވެ.

މި ދިރާސާއިން ފާހަގަކޮށްލެވޭ އެހެން ބައެއް މުހިއްމު ހޯދުންތަކުގެ ތެރޭގައި:

1. އެޗް.އާރް.ސީ.އެމް. އާމެދު އާންމުން އާމެދު އާންމުންގެ ހޭލުންތެރިކަން ވަނީ 2005 ވަނަ އަހަރާ އަޅާބަލާއިރު %44 އިތުރުވެފައެވެ. އެއީ 2005 ގައި %40.8 ން 2019 ގައި %84.8 އަށެވެ.

2. ސަރވޭގެ ބައިވެރިންގެ ތެރެއިން 5 އިންސާނީ ޙައްޤެއް ބަޔާންކޮށްދިނުމަށް އެނގިފައިވަނީ %36.5 ބައިވެރިންނަށެވެ. މިއީ 2011 ވަނަ އަހަރު ޖަވާބުދީފައިވާ އަދަދު %45.1 އަށްވުރެ %8.5 ދަށް އަދަދެކެވެ.

3. ދިމިޤްރާތީ އިސްލާހު ކާމިޔާބު ނުވުމުގެ މައިގަނޑު ސަބަބުތަކެއް ކަމުގައި ބައިވެރިން ފާހަގަކޮށްފައިވަނީ، ކޮރަޕްޝަނާއި (%21.0) ސިޔާސީ ޕާޓީތަކުގެ މެދުގައި އިތުބާރުނެތުމެވެ (%20.0) އެވެ.

4. މިންތީގެ ހަމަހަމަކަމާއި، ކުޑަކުދިންގެ ޙައްޤުތައް އިސްލާމް ދީނާ ފުށުއަރާކަމަށް ފާހަގަކޮށްފައިވާ އާންމުންގެ އަދަދު ކަންބޮޑުވާވަރަށް އިތުރުވެފައިވާއިރު، މީގެ ތެރޭގައި ގިނައީ އަންހެން ބައިވެރިންކަން ފާހަގަކުރެވެއެވެ.

5. އަނބިމީހާއަށް އިހާނެތިކޮށް ހިތާނަމަ އާއިލާގެ އެހެންމީހުނަށް އެކަމަށް ހުރަސްއެޅިދާނެކަމަށް ގަބޫލުކުރާ ފިރިހެނުންގެ އަދަދު 2005 ވަނަ އަހަރާ އަޅާ ބަލާއިރު ވަނީ އިތުރުވެފައެވެ. އެއީ %48.2 ން 2019 ވަނައަހަރު %59.1 އަށެވެ.

6. އަންހެންނަށް ކުރާ ޖިންސީ އަނިޔާއަކީ ބޮޑު މައްސަލައެއްކަމަށް %96.3 ބައިވެރިން ދެކެވެއެވެ. މީގެ އިތުރުން، %91.7 ބައިވެރިން ގަބޫލުކުރާ ގޮތުގައި ފިރިހެން ކުދިންނަށް ކުރާ ޖިންސީ އަނިޔާއަކީވެސް ވަރަށް ބޮޑު މައްސަލައެކެވެ.

7. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދޭ ރައްކާތެރިކަމާއި ޚިދުމަތްތަކާމެދު %40.9 ބައިވެރިން ހިތްހަ ފާހަގަކުރެވިފައިވެއެވެ.

8. އުމުރުން ދުވަސްވެފައިވާ މީހުންގެ ޙައްޤުތައް ކަށަވަރު ކުރުމުގައި އެންމެ މުހިއްމުކަމެއް ދޭންޖެހެނީ އެމީހުނަށް އަޅާނުލާ ދޫކޮށްލުން ހުއްޓުވުން ކަމުގައި %23 ބައިވެރިން ދެކޭއިރު، %11 ބައިވެރިން ޤަބޫލުކުރާ ގޮތުގައި އެންމެ މުހިއްމު ކަމަކީ އުމުރުން ދުވަސްވީ މީހުންނަށް އަނިޔާކުރުން ހުއްޓުވުމެވެ.

9. ދިރާސާގެ ގިނަ ބައިވެރިން (%63.6) ޞިއްޙީ ޚިދުމަތްތަކާމެދު ހިތްހަމަނުޖެހޭކަން ފާހަގަކޮށްފާވާއިރު، މިގޮތަށް ފާހަގަކޮށްފައިވަނީ ވެރިކަންކުރާ ރަށް ފިޔަވައި އެހެން ރަށްތަކުގެ ދިރިއުޅޭ (%62.3) ބައިވެރިންނެވެ.

10. ބައިވެރިންގެ %56.3 ވަނީ އަދުލު އިންސާފު ގާއިމްކުރުމުގެ ނިޒާމާމެދު ހިތްހަމަނުޖެހޭކަން ފާހަގަކޮށްފައެވެ. މި ނިޒާމާމެދު އޮތް އިތުބާރު ގެއްލިފައިވާ އެންމެ ބޮޑު ސަބަބެއްކަމުގައި ބައިވެރިން ފާހަގަކޮށްފައިވަނީ ކޮރަޕްޝަނެވެ (%39.2) އެވެ.

11. 46% ބައިވެރިން ޤަބޫލުކުރާ ގޮތުގައި ސަރުކާރުން ބޯހިޔާވަހިކަމުގެ މައްސަލަތައް ޙައްލުކުރުމުގެ ގޮތުން ކުރަމުންގެންދާ މަސައްކަތްތައް ރަނގަޅުކުރުމަށް އެކަށީގެންވާ މިންވަރެއްގައި މަސައްކަތްކުރެއެވެ.

12. ވެރިކަން ކުރާ ރާށައި އެހެން ރަށްތަކާ ދެމެދު ވަސީލަތްތައް ކަނޑައަޅާފައިވާ ގޮތާއިމެދު ހިތްހަމަނުޖެހޭކަމަށް %59 ބައިވެރިން ފާހަގަކޮށްފައިވެއެވެ.

13. ގަޑިއިރަށް ވުރެ ގިނައިރު މަސައްކަތްކުރާ މީހުންގެ އަދަދު 2005 ވަނަ އަހަރާ އަޅާބަލާއިރު ވަނީ ވަރަށްބޮޑަށް ދަށްވެފައެވެ. އެއީ 2005 ގައި %20.0 އިން 2019ގައި %7.9 އަށެވެ.

14. އާމްދަނީ އަށް 15000 ރުފިޔާ އަށް ވުރެ ގިނައިން ލިބޭކަމަށް ބުނެފައިވާ އަންހެނުންގެ އަދަދު (%11.0)، ފިރިހެނުންނާ (%17.6) އަޅާބަލާއިރު މަދުކަން ފާހަގަވެއެވެ.

15. ގެވެށި އަނިޔާއާ ގުޅުންހުރި މައްސަލަތައް ހުށަހަޅަންވީ ތަން އެފަރާތްތަކަށް އެނގޭކަމަށް %80 ބައިވެރިން ބުނެފައިވެއެވެ.

16. ގިނަ އަންހެން ބައިވެރިން ފާހަގަކޮށްފައިވާގޮތުގައި ގެވެށި އަނިޔާ އެފަރާތްތަކަށް ލިބިފައިވަނީ ފިރިމީހާގެ ފަރާތުންނެވެ. އަދި ގިނަ ފިރިހެން ބައިވެރިން ފާހަގަކޮށްފައިވާގޮތުގައި ގެވެށި އަނިޔާ ލިބިފައިވަނީ އެފަރާތްތަކުގެ ކުރީގެ ބައިވެރިންގެ ފަރާތުންނެވެ. ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީގެ ޗީފް އެގްޒެކެޓިވް އޮފިސަރ، އާމިނަތު ލީނާ ޢަލީ ފާހަގަކުރައްވާ ގޮތުގައި، އިންސާނީ ޙައްޤުތަށް ކަމުގައިވާ ދިރިހުރުމުގެ ޙައްޤާއި، އަމިއްލަ ނަފްސުގެ ނަޒާހަތްތެރިކަން ރައްކާތެރިކުރުންފަދަ ހުރިހާ އިންސާނުންނަށް ލިބިގެންވާ މައިގަނޑު އަސާސީ އިންސާނީ ޙައްޤުތައް ކުރިއެރުވުމަށް އަހަރެމެން ކޮންމެ މީހަކުވެސް އަދާކުރަންޖެހޭ ދައުރު އަދާކުރުން ވަރަށް މުހިންމުކަމަށް ރިޕޯޓުގައި ވެއެވެ.

ޔޫ.އެން.ޑީ.ޕީ ރެޒިޑެންޓް ރެޕްރެޒެންޓޭޓިވް، އަކިކޯ ފުޖިއީ ފާހަގަކުރައްވާފައިވާ ގޮތުގައި، "ދެމެހެއްޓެނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ކުރަމުން ގެންދާ މަސައްކަތްތަކާއެކު، އިންސާނީ ޙައްޤުތައް ކުރިއަރުވާ ރައްކާތެރިކުރުމަށް ދިވެހިރާއްޖެއިން މަސައްކަތް ކުރުމުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ޤައުމުގެ ސިޔާސީ އަދި އިޖްތިމާއީ ފޭރާން ބަލިކަށިވުމެވެ. އަދި މި ގޮންޖެހުންތަކާ އެކުވެސް އިންސާނީ ޙައްޤުތަކާ، ދައުލަތާއި ރައްޔިތުންގެ ޒިންމާއާވެސް ގުޅުންހުރި މަޝްވަރާތައް ފެށުމަށް ރައިޓްސް ސައިޑް އޮފް ލައިފްގެ ތިންވަނަ ދިރާސާއިން މުހިއްމު މަޢުލޫމާތުތަކެއް ލިބިގެންދާނެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.