އައްޑޫގައި ފާއިތުވި ހަފްތާގައި ހިނގި ދެ މާރާމާރީއާއި ގުޅިގެން އިތުރު 5 މީހަކު ފުލުހުން ހައްޔަރު ކޮށްފިއެވެ.
އައްޑޫ ސިޓީ ހިތަދޫގައި ފާއިތުވި ހުކުރު ދުވަހުގެރޭ ހިންގި މާރާމާރީގައި ޒަޚަމްވެފައިވަނީ 30 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާގެ ހާލު ސިރިއަސްވެ މިހާރުވަނީ ފަރުވާއަށް މާލެ ގެނެސްފައެވެ.
އެ މާރާމާރީއާއި ގުޅިގެން 4 މީހަކު ހައްޔަރުކޮށް ވަނީ ބަންދުގެ މުއްދަތުވެސް ޖަހާފައެވެ. އަދި އޭގެ ފަހުންވެސް ވަނީ އެމާރާމާރީއާއި ގުޅިގެން 23 އަހަރުގެ ފިރިހެނަކު ހައްޔަރު ކޮށްފައެވެ. އެންމެ ފަހުން ހައްޔަރު ކުރި މީހުންގެވެސް ބަންދުގެ މުއްދަތުވަނީ ޖަހާފައެވެ.
މިފަހްތާގެ އާދީއްދަ ދުވަހު ހިނގާފައިވަނީވެސް ގުރޫޕް މާރާމާރީއެކެވެ. މި މާރާމާރީގައި އަނިޔާވެފައިވަނީ 20 އަހަރުގެ ޒުވާނަކަށެވެ.
މިމާރާމާރީތަކާއި ގުޅިގެން ފުލުހުން ވިދާޅުވީ ކޯޓު އަމުރެއްގެ ދަށުން 4 މީހަކު ހައްޔަރު ކޮށްފައިވާކަމުގައެވެ. އެއީ 18 އަހަރުގެ މީހަކާއި، 20 އަހަރުގެ މީހެއްގެ އިތުރުން، 21 އަހަރުގެ މީހެއްގެ އިތުރުން 23 އަހަރުގެ މީހެކެވެ.
ކޮމެންޓު ފޮނުވާ