ސިވިލް ސަރވިސް ކޮމިޝަނުން ހުސްވެފައިވާ މެންބަރުކަމުގެ މަގާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ހުޅުވާލައްވައިފިއެވެ.
ސިވިލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ކުރިމަތިލުމަށް އެދިވަޑައިގަންނަވާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، 18 ޑިސެންބަރު 2023 ވާ ހޯމަ ދުވަހާއި އަދި 19 ޑިސެންބަރު 2023 ވާ އަންގާރަ ދުވަހުގެ ހެނދުނު 09:30 އިން މެންދުރު 12:30 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް www.presidency.gov.mv އިން ފޯމު ޑައުންލޯޑް ކުރެއްވޭނެއެވެ.
ސިވިލް ސާރވިސް ކޮމިޝަނަށް މެންބަރަކު އައްޔަންކުރުމަށް ކުރިމަތިލުމަށް ހުޅުވާލާފައިވަނީ، މިހާރު އެކޮމިޝަނުގެ މެންބަރު ފާޠިމަތު އާމިރާގެ ދައުރު ހަމަވުމުންނެވެ.
ފަސް މެންބަރުން ހިމެނިވަޑައިގަންނަވާ ސިވިލް ސާރވިސް ކޮމިޝަނެ މެންބަރުންގެ ދައުރަކީ 5 އަހަރެވެ. މިވަގުތު އެ ކޮމިޝަނުގައ ތިއްބެވީ، ކޮމިޝަންގެ ރައީސް، މުހައްމަދު ނާސިހާއި، ނައިބު ރައީސް އިބްރާހިމް ރަޝީދު އަދި ދެ މެމްބަރުން ކަމަށްވާ މުހައްމަދު ފަރުސަތާއި ފާތިމަތު ޝަރީފެވެ.
ކޮމެންޓު ފޮނުވާ