ހަފްތާ ބަންދުގައި މުޅި އިންޓަނެޓްގައި އާމިރު ޚާންގެ "ނަލަ" ހަށިގަނޑު!

ހަފްތާ ބަންދުގައި މުޅި އިންޓަނެޓްގައި އާމިރު ޚާންގެ "ނަލަ" ހަށިގަނޑު!

Author
admin
13 ޑިސެމްބަރ 2020 08:18
0

ހުކުރު ދުވަހު ހަވީރުން ފެށިގެން މުޅި އިންޓަނެޓް ފަތަހަކުރަމުން ދަނީ އާމިރު ޚާންގެ ޝަރޓްލެސް ފޮޓޯއެކެވެ. ސޯފާއެއްގެ ފަހަތުން ނަގާފައިވާ މި ފޮޓޯގައި އާމިރު އިންނަނީ އޭނާގެ އަތާއި ކޮނޑުގެ "ނަލަ" މަސްގަނޑު ފެންނަ ހެންނެވެ. އަދި އެއް އަތުގައި ސިގަރ އެއް ވެސް އޮތެވެ.

ބޮލީވުޑްގެ މަޝްހޫރި ފޮޓޯގްރާފަރ އަވީނާޝް ގޮވާރިކާ އޭނަގެ އިންސްޓަގަރާމަށް މި ފޮޓޯ ދޫކޮށްލަމުން އާމިރު ޓެގް ކޮށް ބުނެފައި ވަނީ އާމިރަށް ޔަގީނުންވެސް " ދަ ފައުންޓެއިން އޮފް ޔޫތު" ހުންނަތަން ހޯދިއްޖެ ކަމަށާއި ދުވަހަކަށް ވުރެ ދުވަހެއް "ކޫލް" ވަމުން އަންނަކަމަށެވެ.

ފޮޓޯ ގްރާފަރު އެފަދަގޮތަކަށް ބުނެފައި އެވަނީ އުމުރުން 55 އަހަރުގެ އާމިރުގެ އުމުރަށްވުރެ ޅަކަމަށް ފެންނަ ހަށިގަނޑާއި "ލުކަށް" ބެލުމަށް ފަހުއެވެ.

 

View this post on Instagram

 

A post shared by Avinash Gowariker (@avigowariker)

އާމިރު ޚާން ދެން އެންމެ އަވަހަށް ފެނިގެން ދާ ފިލްމު "ލާލް ސިންގް ޗައްޑާ"ގައި އޭނާ ފެންނާނީ ބޮޑު ތުނބުޅިއަކާއެކު މުޅިން ތަފާތު ކޮށެވެ. ކަރީނާ ކަޕޫރާއެކު ފެނިގެންދާ މި ފިލްމަށް އަންނަ އަހަރުގެ ޑިސެމްބަރަށް ޖެހޭނީ އިންތިޒާރު ކުރާށެވެ. މި ފިލްމަށް ބެލުންތެރިން ކުރާ އިންތިޒާރު ދިގުވާނެ އަނެއް ސަބަބަކީ މިއީ ބޮލީވުޑްގެ 3 "ކިންގް ޚާނުން" އެއް ފިލްމަކުން ފެންނާނެ ފިލްމަށް ވުމެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.