އެމްޑީޕީގެ ހުސްވެފައިވާ ޕާލިމަންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު ހޮވުމަށް ބާއްވާ އިންތިޚާބު 05 ޑިސެމްބަރު 2023 ވާ އަންގާރަ ދުވަހުގެ 14:00 ން 16:00 އަށް ބޭއްވުމަށް އެޕާޓީން ނިންމައިފިއެވެ. މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ، އެމް.ޑީ.ޕީ އޮފީހުގެ ޖަލްސާކުރާ މާލަމު (ގ. ނިއުޝާ / 3ވަނަ ފަންގިފިލާ) ގައެވެ.
މިއިންތިޚާބުގައި ކުރިމަތިލެއްވި މެމްބަރުންގެ ނަންތައްވެސް އެމްޑީޕީން މިހާރުވަނީ ހާމަކޮށްފައެވެ.
މިގޮތުން އެ ލިސްޓު ތަރުތީބު ކުރެވިފައިވާ ގޮތް ތިރީގައި މިވަނީއެވެ.
1. މުޙައްމަދު ނިހާދު – ފޭދޫ ދާއިރާ
2. އިބްރާހީމް ޝަރީފް – ކެލާ ދާއިރާ
3. ޙުސައިން މުޙައްމަދުދީދީ – ފުވައްމުލަކު މެދު ދާއިރާ
ފާއިތުވި ހަފްތާގައި އެމްޑީޕީން ވަނީ އެޕާޓީގެ އާ ޕީޖީ ލީޑަރަކުވެސް އިންތިޚާބު ކޮށްފައެވެ. އެމަގާމަށް އިންތިޚާބު ކޮށްފައިވަނީ އަލިފުށި ދާއިރާގެ މެމްބަރު ބިގޭ އެވެ.
ކޮމެންޓު ފޮނުވާ