މިދިޔަ މަހު އިއުލާންކުރި ފިލްމުތަކުގެ ތެރޭގައި ހިނެނޭ "އަވަ" އިގެ ލީޑުން ފެނިގެން ދާނީ އެ ފިލްމް ޑައިރެކްޓް ކުރާ ޝަހުދާ މަހްމޫދުގެ ފިރިމީހާ ޝަރަފު އަބްދުﷲ ކަމަށް ފިލްމް ގެނެސްދޭ ޑާކް ރެއިން އެންޓައިންމަންޓުން އިން ބުނެފިއެވެ.
"އަވަ" ލިޔެ، ޑައިރެކްޓްކުރާނީ ޝަހުދާ އެވެ. ޝަރަފަކީ މިހާރު ފިލްމީ ދާއިރާގައި ހުރި އެންމެ ޑިމާންޑް ބޮޑު އެކްޓަރެވެ. ޑާކް ރެއިބުން ބުނީ އެތަނުން ދެން އެންމެ މަސައްކަތް ފަށަން އޮތް ފިލްމަކީ "އަވަ" ކަމަށާއި އޭގެ ބަތަލާ އަކީ މަރިޔަމް މަޖުދާ (މަޖޫ) ކަމަށެވެ. އެހެންވެ މި ފިލްމު ވާނީ ޝަރަފާއި މަޖޫގެ ޖޯޑު އެކީގައި ފެންނާނެ ފުރަތަމަ ފީޗާ ފިލްމަށެވެ.
ދިވެހި އެފްއެމްގެ އިތުރުން ޓީވީއެމްގެ ޕްރޮގްރާމްތައް ވެސް މިހާރު ހުށަހަޅާ ޝަހުދާ، ޑައިރެކްޓަރެއްގެ ގޮނޑީގައި އިށީންނަ އަލަތު ފިލްމު، ރާއްޖޭގެ މިހާރުގެ އެންމެ ކާމިޔާބު ސްޓޫޑިއޯ އިން ގެނެސްދިނުމަށް ތައްޔާރުވާ އިރު، އޭނަ މިހާރު ވެސް އަންނަނީ އެތަނުގެ ޕްރޮޖެކްޓެއްގެ މަސައްކަތް ކުރަމުންނެވެ.
ޝަހުދާ ފިލްމެއް ޕްރޮޑިއުސް ކުރާ އިރުގައި އޭނާ އަންނަނީ "ޑާކްރެއިން ކްރޮނިކްލްސް"ސީޒަން ދޭއްގެ އެޕިސޯޑްތަކުގެ ތެރޭގައި ހިމެނޭ "ލެމަން ކޭކް" ގެ މަސައްކަތް ކުރަމުންނެވެ. ޑާކް ރެއިން އެންޓަޓައިންމަންޓް ކްރޮނިކަލްސްގެ ސީޒަން ދޭކަށް އަލީ ޝިފާއު (ޗިއްޕެ) ވެސްް އަންނަނީ އެޕިސޯޑެއްގެ މަސައްކަތްކުރަމުންނެވެ.
One Response
ޔޭޭތުމްނެެކިޔަަަކިޔަ. މަޖުޫޤޭޭ އަވައިގައިި ދެންް ޖެހޭނީ