ރާއްޖެއިން ކޯވިޑް-19އަށް އިތުރު 22 މީހަކު ޕޮޒިޓިވް ވެއްޖެއެވެ.
އެޗްޕީއޭއިން މިރޭ އާންމުކުރި ތަފާސް ހިސާބުތައް ދައްކާގޮތުން އިއްޔެ 18:00 އިން ފެށިގެން މިއަދު 18:00 އާ ހަމައަށް ޕޮޒިޓީވްވި 22 މީހުންގެތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 15 މީހުންނާއި، އަތޮޅުުތަކުގެ ރަށްތަކުން ޕޮޒިޓިވްވި 7 މީހަކެވެ.
މިއާއެކު ރާއްޖެއިން ކޯވިޑަށް ޕޮޒިޓިވްވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 13،348 އަށް އަރާފައެވެ. ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ރާއްޖެއިން މިބަލިން ރަނގަޅުވެފައިވަނީ 19 މީހުންނެވެ. މިއާއެކު ރާއްޖެއިން މިބަލިން ރަނގަޅުވި މީހުންގެ ޖުމްލަ ޢަދަދު ވަނީ 12،659 އަށް އިތުރުވެފައެވެ. އަދި މިހާރު ބައްޔަށް ފަރުވާ ދެމުން އަންނަނީ 634 މީހަކަށެވެ. އޭގެތެރެއިން 61 މީހަކަށް ފަރުވާދެމުން އަންނަނީ ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެންނެވެ.
އެޗްޕީއޭއިން އާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން ކޯވިޑް-19އަށް ޓެސްޓްކުރުމަށްޓަކައި ރާއްޖޭގައި 1،966 ސާމްޕަލެއް ނަގާފައިވެއެވެ. މިއާއެކު ރާއްޖޭގައި މިހާތަނަށް ކޯވިޑަށް ޓެސްޓްކުރުމަށްޓަކައި ނަގާފައިވާ ސާމްޕަލްތަކުގެ ޖުމްލަ ޢަދަދު ވަނީ 267،308 އަށް އަރާފައެވެ.
ރާއްޖެއިން މިބަލިން މިހާތަނަށް ނިޔާވެފައިވަނީ 48 މީހެކެވެ.
ކޮމެންޓު ފޮނުވާ