ރައީސް ސޯލިހް، އެމްޑީޕީގެ ކޮމިޓީތަކާ ބައްދަލު ކުރައްވައިފި

ރައީސް ސޯލިހް، އެމްޑީޕީގެ ކޮމިޓީތަކާ ބައްދަލު ކުރައްވައިފި

Author
އަހުމަދު
02 ޑިސެމްބަރ 2023 04:09
0

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެ ޕާޓީގެ ބައެއް ކޮމިޓީތަކުގެ މެމްބަރުންނާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުވުމުގެ ފޮޓޯތައް އެމްޑީޕީން ވަނީ "އެކްސް" ގައި ހިއްސާކޮށްފައެވެ. އެ ބައްދަލުވުންތަކުގެ ފޮޓޯތަކާ އެކުގައި އެމްޑީޕީން ބުނީ ރައީސް ބައްދަލު ކުރެއްވި ކޮމިޓީތަކުގެ ތެރޭގައި ކެމްޕެއިން ކޮމިޓީ، މީޑިއާ ކޮމެޓީ އަދި ފިޔަވަޅުއަޅާ ކޮމިޓީ ހިމެނޭ ކަމަށެވެ.

އެ ބައްދަލުވުމާ ގުޅޭ އިތުރު ތަފްސީލެއް އެމްޑީޕީން ހިއްސާކޮށްފައެއް ނުވެއެވެ.

މިއީ އެމްޑީޕީގެ ރައީސަކަށް، ރައީސް ސޯލިހް ހަމަޖެއްސެވި ފަހުން ބޭއްވި މިފަދަ ފުރަތަމަ ބައްދަލުވުމެވެ. އެމްޑީޕީން އެގޮތަށް ނިންމާފައި ވަނީ އއ. އުކުޅަހުގައި ދާދި ފަހުން ބޭއްވި އެ ޕާޓީގެ ގައުމީ މަޖިލިހުގެ ބައްދަލުވުމުގައެވެ.

ނިމިދިޔަ ރިޔާސީ އިންތިހާބުގައި ލިބުނު ބޮޑު ކާމީޔާބީއަށް ފަހު، އެމްޑީޕީ ވަރުގަދަ ސިޔާސީ ޕާޓީއެއްގެ ގޮތުގައި ނުކުތުމަށް އެ ޕާޓީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.