ޖާގަތަނަވަސް ކުޅުދުއްފުށީ ބަދަރު ވަރަށް ސަޅި، މަސައްކަތް ނިންމާލައިފި

ޖާގަތަނަވަސް ކުޅުދުއްފުށީ ބަދަރު ވަރަށް ސަޅި، މަސައްކަތް ނިންމާލައިފި

Author
މުޙައްމަދު ޝަޒައިމް
12 ޑިސެމްބަރ 2020 08:09
0

ޖާގައިގެ ގޮތުން ތަނަވަސް އަދި ލަފާފޭވުމަށް ފަސޭހަ ގޮތަކަށް ކުޅުދުއްފުށީގައި ތަރައްޤީ ކުރި ބަނދަރުގެ މަސައްކަތް ނިންމާލައިފިއެވެ.

އެމްޓީސީސީން ހާމަކޮށްފައިވާ ގޮތުގައި ކުޅުދުއްފުށީ ބަނދަރުގެ މަސައްކަތް ނިންމާލާފައިވަނީ މިމަހުގެ 10 ވަނަ ދުވަހުގައެވެ.

އެ މަޝްރޫއުގެ ދަށުން 236،844 ކިޔުބިކް މީޓަރުގެ ސަރަހައްދެއްގެ ފަޅު ފުންކޮށް، 24،450 ކިޔުބިކް މީޓަރުގެ ސަރަހައްދެެއްގެ ބިން ހިއްކައި، 1،000 މީޓަރުގެ ސަރަހައްދެއްގައި އެއްގަމު ތޮށި ލުމަށް ކޮންކްރީޓުގެ މަސައްކަތް ކުރުމާއި، އެއްގަމު ތޮށި ހިމެނޭ ސަރަހައްދުގެ ބިންގަނޑު އެއްވަރުކޮށް ގައު އަތުރައި، ކާނުގަނޑުގެ މަތި އެޅުން ފަދަ މަސައްކަތްތައްވެސް ކޮށްފައިވެ އެވެ.

މިނިސްޓްރީ އޮފް ނެޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އެމްޓީސީސީ އާއި ހަވާލުކުރި އެ މަޝްރޫއުގެ އަގަކީ 129.5 މިލިއަން ރުފިޔާއެވެ. ނަމަވެސް މަޝްރޫޢު ނިންމި އިރު ދިމާވި އެކި ކަންކަން ހައްލުކޮށް ބަދަރަށް ވަނީ 137.6 މިލިޔަން ރުފިޔާ ޚަރަދުކޮށްފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.